ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަކުރަން ހިންގާ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އާއި ބްރޭންޑިން ފަރުމާކުރަން އެފްއޭއެމުން ފުރުސަތު ހުޅުވާލައިފި އެވެ.
20 އޯގަސްޓް 2025
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަކުރަން ހިންގާ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އާއި ބްރޭންޑިން ފަރުމާކުރަން އެފްއޭއެމުން ފުރުސަތު ހުޅުވާލައިފި އެވެ.
ފުޓްބޯޅަ އަށް 75 އަހަރުފުރުން ފާހަގަ ކުރަން ހިންގާ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ލޯގޯ އާއި ބޭނުންކުރާނެ ބޮޑު އަކުރު ތައްޔާރު ކުރުމުގެ މިންގަނޑުތަކެއް އެފްއޭއެމުން ވަނީ އެކުލަވާލާފަ އެވެ.
ގެސެޓްގައި އެފްއޭއެމުން ކުރި އިއުލާނުގައި ބުނެފައި ވަނީ ފަރުމާކުރެވޭ ލޯގޯއަކީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭ އަދި އަމިއްލަވަންތަ ލޯގޯއަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެހެން އެއްވެސް އިދާރާއަކުން ބޭނުން ކުރާ ލޯގޯ އަކށް ނުވުމާއި ސިޔާސީ ޕާޓީއެއް ރަމްޒުވާ ފަދަ ނިޝާނެއް ބޭނުން ނުކުރުމަށް ވެސް އުސޫލުގައި ހިމަނާފައި ވެއެވެ. އަދި އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ، ލޯގޯ ފަރުމާ ކުރާ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
ލޯގޯ އާއި ބްރޭޑިންގައި ހުންނަންޖެހޭނެ ކުލަތަކަކީ ރަތް، ނޫ، ރީނދޫ، އަދި ފެހި ކުލަ އެވެ.
- ލޯގޯ
- ކަލާ ޕެލެޓް
- ޓައިޕޯގްރަފީ
- ތަކެތި ބޭނުންކުރާނެ ގޮތުގެ ގައިޑްލައިން.
ބްރޭންޑިން އާއި ލޯގޯ ހުށަހަޅަންޖެހޭނީ އަންނަ ބުދަ ދުވަހުގެ 3 ޖެހުމުގެ ކުރިން ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށެވެ.
އެފްއޭއެމުން ބުނީ އެ އެސޯސިއޭޝަނަށް ލިބޭ ހުރިހާ ބްރޭންޑިންގެ ތެރެއިން އެއްވަނަ އަށްދާ ބްރޭންޑިންއެއް ހޮވާނީ ޖަޖިން ޕެނަލަކުން ކަމަށެވެ.
- އަމިއްލަވަންތަކަން ހިމެނޭ މިންވަރު – 25 ޕަސަންޓް - ފަރުމާގެ ފުރިހަމަކަން – 50 ޕަސަންޓް
- ދިވެހި ފުޓްބޯޅައިގެ މާޒީ ދައްކުވައިދީފައިވާ މިންވަރު – 15 ޕަސަންޓް
- ތަޖުރިބާ – 10 ޕަސަންޓް.
އެއްވަނައަށް ދާ ބްރޭންޑިންއެއް ހުށަހަޅާ ފަރަތަކަށް 15،000ރ. ފައިސާގެ އިނާމެއް ދޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އިތުރު ފުރުސަތެއް
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
17 އަހަރުންދަށުގެ ޓީމަށް ސޮބާ، ފުޓްސަލް ޓީމަށް ނިޔާ
އެފްއޭއެމްގެ ޖީއެސްގެ މަގާމަށް ޒަރީރު އައްޔަންކޮށްފި
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ
17 އަހަރުންދަށުގެ ކޯޗުކަމަށް؛ ނާދު، ސޮބާ، ފަރިއްޓޭ، ޝާޑް
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި