ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ކޮލިފައި ކުރުމަށް ކުޅޭ ފުރަތަމަ މުބާރާތް، އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމުން އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
07 ސެޕްޓެމްބަރ 2025
ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ކޮލިފައި ކުރުމަށް ކުޅޭ ފުރަތަމަ މުބާރާތް، އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެފްއޭއެމުން އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
އެފްއޭއެމުން މިދިޔަ މަހު އިއުލާން ކުރި ފުރަތަމަ އިއުލާނުގެ މުއްދަތު މި މަހު އެއްވަނަ ދުވަހު ހަމަވި އެވެ. އޭރު ދިން ދެ ހަފުތާގެ މުއްދަތު ކުރުކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރި އެވެ.
އެފްއޭއެމުން މިފަހަރު ކުރި އިއުލާނުގައި އިތުރު އެއް ހަފުތާގެ މުއްދަތު ވަނީ ދީފަ އެވެ. ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަ އެވެ. ފޯމް ހުށަހަޅަން ޖެހޭނީ މެއިލް މެދުވެރިކޮށެވެ. މެއިލް ކުރާނީ league@famaldives.com އަށެވެ.
މި ފަހަރުގެ އިއުލާނުގައި ރަށްތަކުގެ ޓީމުތައް ބައިވެރި ކުރުމުގެ އިސްކަންދޭ ތަރުތީބެއް ވެސް އެފްއޭއެމުން ވަނީ ހިމަނައިފަ އެވެ. އެ ލިސްޓްގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ އެއް ރަށަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބްތަކެއް ބައިވެރިވެއްޖެނަމަ، އެފްއޭއެމުން ގުރު ނަގައިގެން އެ ރަށެއް ތަމްސީލު ކުރާ ކްލަބެއްގެ ކަނޑައަޅާނެ ކަމަށެވެ.
މުބާރާތުގައި ކްލަބް ބައިވެރިކުރުމުގައި އިސްކަންދޭނެ ތަރުތީބު:
1. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް.
2. މުބާރާތުގައި ބައިވެރިވާ ރަށުގެ ކައުންސިލުން އެންޑޯޒް ކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބެއް.
3. މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބެއް (އެއް ކްލަބަކަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، އެފް.އޭ.އެމްއިން ގުރު ނަގައިގެން އެ ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައެޅުން.)
އެފްއޭއެމުން ވަނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިފަ އެވެ. އެއީ:
- އުތުރު ރީޖަން
- ސެންޓްރަލް ރީޖަން
- ދެކުނު ރީޖަން
- މާލެ ރީޖަން
މާލެ ރީޖަން ފިޔަވައި އަނެއް ތިން ސަރަހައްދުގައި ކޮލިފައިން މަރުހަލާ ފަށާނީ އެޓޯލް ޗެމްޕިއަންޝިޕުންނެވެ. އެޓޯލް ޗެމްޕިއަންޝިޕް، ވަކި ވަކި ޒޯންތަކުގައި ފަށާނެ ތާރީހް ވެސް އެފްއޭއެމުން ގެޒެޓްގައި އިއުލާން ކޮށްފައި ވެއެވެ.
އަތޮޅުތެރޭގެ ތިން ޒޯނުގައި ދިވެހި ލީގުގެ ކޮލިފައިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތާރީހް:
- އުތުރު ރީޖަން: އޮކްޓޯބަރު 1 އިން ނޮވެމްބަރު 30 އަށް
- ސެންޓްރަލް ރީޖަން: ނޮވެމްބަރު 15 އިން ޑިސެމްބަރު 30 އަށް
- ދެކުނު ރީޖަން: ޑިސެމްބަރު 1 އިން އަންނަ އަހަރުގެ ފެބްރުއަރީ 15 އަށް
ގެޒެޓްގައި އެޓޭޗްކޮށްފައިވާ މުބާރާތުގެ އޮނިގަނޑުގައި ބުނެފައިވާ ގޮތުން އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ނުވަތަ ރަށްތަކެއް ގުޅިގެން ހޯސްޓް ކުރާގޮތަށެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމު ކޮލިފައިވާނީ އެ އަތޮޅެއް ނިސްބަތްވާ އެ ސަރަހައްދެއްގެ ސަބް ޒޯނަށެވެ. ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ.
- އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.
- އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.
- ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.
- ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.
- ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.
- ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ
ސަރަހައްދީ ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން
ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު އުސޫލުން ކުޅުމަށް ފަހު އެ ލީގެއްގެ ޗެމްޕިއަން ޓީމު ދެން ކޮލިފައި ވާނީ، ދިވެހި ލީގަށް ކޮލިފައި ބުރަށެވެ.
ކޮލިފައިން ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އާއި މި އަންނަ މަހު ފަށާ ލީގުގެ ހަތްވަނަ އަށް ދާ ޓީމާއި އަށްވަނަ އަށް ދާ ޓީމެވެ.
އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޓީމުތައް ވާދަކުރާ ލީގުގައި މިފަހަރު 10 ޓީމު ވާދަކުރެ އެވެ. އެ 10 ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު ފުލަށްދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ.
ރަސްމީ ސީޒަނުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
ހަތް އަހަރަށްފަހު އެފްއޭއެމުން ފުޓްބޯޅަ އެވޯޑް ދެނީ
ސީނިއާ ޓީމުގެ ކާމިޔާބަކީ ޒުވާން ޓީމުތަކަށް ހިތްވަރެއް
ވިކްޓަރީ އަދި ނިއު ފުރަތަމަ މެޗު ހުކުރު ދުވަހު
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
17 އަހަރުންދަށުގެ ޓީމަށް ސޮބާ، ފުޓްސަލް ޓީމަށް ނިޔާ
އެފްއޭއެމްގެ ޖީއެސްގެ މަގާމަށް ޒަރީރު އައްޔަންކޮށްފި