އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހަޔަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ އިނގިރޭސި ވިލާތުން ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އިއްޔެ އިއުލާނުކުރައްވައިފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހަޔަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ އިނގިރޭސި ވިލާތުން ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އިއްޔެ އިއުލާނުކުރައްވައިފި އެވެ.
މެދުއިރުމަތީގަައި ދާއިމީ ސުލްހައެއް ގާއިމުކުރެއްވުމަށް ސްޓާމާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިކަން އިއުލާނުކުރެއްވީ އޭނާގެ ކެބިނެޓް ރިސެސްގައި އޮއްވައި، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ކެބިނެޓުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހުގަ އެވެ.
މި ތާރީހީ ފިޔަވަޅު ސްޓާމާ އިއުލާނުކުރެއްވި އިރު ފްރާންސުން ވެސް ވަނީ ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފަ އެވެ. އެހެންވެ ފްރާންސާއި ޔޫކޭ ވެފައި ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރި ޔޫރަޕްގެ އަދި ޖީ7 ގެ ފުރަތަމަ ދެ ގައުމަށެވެ.
ކެބިނެޓް ބައްދަލުވުމަށްފަހު ޑައުނިން ސްޓްރީޓުން ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ސްޓާމާ ވިދާޅުވީ ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ ކުރިން، އިޒްރޭލުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ، ފަލަސްތީނުގެ ދައުލަތެއް އިނގިރޭސިވިލާތުން ބަލައިގަންނާނެ ކަމަށެވެ.
އިޒްރޭލުން ޣައްޒާގެ ނުރައްކާތެރި ހާލަތު ނިމުމަކަށް ގެނެސް، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކޮށް، ދެ ދައުލަތުގެ ހައްލެއް ގެނައުމުގެ އުންމީދު އަލުން އާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ބުނަނީ ފަލަސްތީނުގެ ދައުލަތަކީ ހަގީގީ ސުލްހަ ގާއިމުކުރުމުގެ މަރުހަލާގެ ބައެއް ކަމަށް އަދި މި ވަގުތު ދެ ދައުލަތުގެ ހައްލަކަށް އެންމެ ބޮޑު ބާރެއް ފޯރާނެ ކަމަކީ ވެސް އެއީ،" ސްޓާމާ ވިދާޅުވި އެވެ.
"މި ހައްލު މިހާރު ނުރައްކަލަށް ހުށަހެޅިފައި ވާއިރު މިއީ ފިޔަވަޅު އަޅަންވީ ވަގުތު."
ސްޓާމާ މި ވާހަކަ ދެއްކެވުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއީ ހަމާސްގެ އަނިޔާވެރިކަމަށް އިނާމު ދީ އަދި އެ ޖަމާއަތުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށް ދިން އަދަބެއް ކަމަށް ބުނެފަ އެވެ.
ނަތަންޔާހޫ މިހެން ބުނި ނަމަވެސް ސްޓާމާ ވަނީ ހަމާސް އިން ވެސް ހުރިހާ ރަހީނުން ވަގުތުން ދޫކޮށްލުމަށާއި ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ހުށަހެޅުމަށް އެއްބަސްވުމަށް ގޮވާލައްވައިފަ އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާރު ވަނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރައިފަ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެހެންވެ ހަމަލާތައް ހުއްޓާލައި އެހީގެ މަސައްކަތް ފެށުމަށް ގައުމުތަކުން ގޮވާލުން އިތުރުވުމުން އިޒްރޭލުން ވަނީ މިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމާސް އިން ކަމަށް ބުނެ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.
ހަމަލާތަކާ ހެދި ޔޫކޭއިން އިޒްރޭލު ސަފީރު ހާޒިރުކުރަނީ
ސުލްހައިން ފަހިވާންޖެހޭނީ ފަލަސްތީނު ދައުލަތެއް: ސްޓާމާ
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ޔޫކޭއިން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލަނީ
އިޒްރޭލަށް ހަތިޔާރު ވިއްކާތީ ޔޫކޭ ސަރުކާރަށް ޕްރެޝަރު
ފަލަސްތީނަށް ތާއީދުކޮށް ލަންޑަނުގައި ބޮޑު އެއްވުމެއް
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި
އިޒްރޭލާ ދެކޮޅު އަމުރާ މެދު ޔޫކޭ ކަންބޮޑުވެފައި
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި