އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިނގިރޭސި ވިލާތުން މިހާތަނަށް އަޅާ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ގޮތުގައި، އިޒްރޭލާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ މަޝްވަރާތައް މެދުކަނޑާލައި އިޒްރޭލު ސަފީރު ހާޒިރުކުރަން ނިންމައިފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިނގިރޭސި ވިލާތުން މިހާތަނަށް އަޅާ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ގޮތުގައި، އިޒްރޭލާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ މަޝްވަރާތައް މެދުކަނޑާލައި އިޒްރޭލު ސަފީރު ހާޒިރުކުރަން ނިންމައިފި އެވެ.
އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ ބިމުގައި އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅޭ ގޮތުން ހަރުކަށި އަމަލުތައް އިސްކޮށް އެފަދަ ވާހަކަތައް ގެންދަނީ ދައްކަމުންނެވެ.
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމިކަން ހާމަކުރައްވައި، ގާނޫނު ހަދާ މަޖިލީހުގައި ލެމީ ދެއްވި ވަރުގަދަ ތަގުރީރުގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި ގާނޫނުތަކާ ހިލާފަށް ޔަހޫދީން އާބާދުކުރުމުގައި އުޅުނު ޖަމިއްޔާތަކައި ފަރުދުންނާ ދެކޮޅަށް އިނގިރޭސި ވިލާތުން ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
"ދުނިޔެއިން މި ކަންކަން ޖަޖުކުރާނެ. ތާރީހު އެ މީހުން ޖަޖު ކުރާނެ. އެހީ އަށް ހުރަސް އެޅުން، ހަނގުރާމަ ފުޅާކުރުން، ރަހުމަތްތެރިންނާއި ބައިވެރިންގެ ކަންބޮޑުވުންތައް ބޮލާލައި ޖެހުން. މިއީ ދިފާއު ނުކުރެވޭނެ ކަންކަން. އެ ކަންކަންހުއްޓާލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ލެމީ ވިދާޅުވީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެގެންދާތަން ބަލަން އިނގިރޭސި ވިލާތަށް ނޯވެވޭނެ ކަމަށެވެ. އެހެންވެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތައް މި ހިސާބުން މެދުކަނޑާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނގިރޭސިވިލާތާއި އިޒްރޭލުގެ ގުޅުން ބަދަހިކުރުމަށް 2030 ވަނަ އަހަރު އެކުލަވާލި ޕްލޭނަށް އަމަލުކުރުން ވެސް ރިވިއުކުރާނެ ކަމަށެވެ.
"މިކަންކަން ކޮންމެހެން ވެސް ކުރަން މި ޖެހުނޫ ނަތަންޔާހޫގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން،" ލެމީ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ މި ނިންމުމާ އެކު އިޒްރޭލުން ރައްދު ދެމުން ބުނީ "އިޒްރޭލު ނައްތާލަން އުޅޭ ދުޝްމަނުންނާ ދެކޮޅަށް ކުރާ މަސައްކަތް" ބޭރުގެ ޕްރެޝަރަކާ ހެދި ހުއްޓާނުލާނެ ކަމަށެވެ.
"އިޒްރޭލާ ދެކޮޅު ފިކުރު އަދި ދާޚިލީ ސިޔާސީ ސަބަބުތަކަށްޓަކައި އިނގިރޭސި ސަރުކާރުން އެ ގައުމުގެ އިގްތިސާދަށް ގެއްލުން ދޭން ތައްޔާރަށް އޮތް ނަމަ އެއީ އެ ގައުމުގެ އަމިއްލަ ކަމެއް،" އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އޮރެން މާމޮސްޓެއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ލެމީ އޭނާގެ ތަގުރީރުގައި ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުން ގެދޮރުން ނެރެ މަގުމަތިކުރުމާއި އެ މީހުންނަށް ލިބޭ އެހީއަށް ހުރަސްއަޅައި ހައިހޫނުކަމުގައި އުޅެން ޖެއްސުން ފަދަ އަމަލުތަކާ އެކު ހަނގުރާމާގައި މި ފެށެނީ އަދި މާ އަނދިރި މަރުހަލާއެކެވެ.
ފޮރިން ސެކްރެޓަރީ ވިދާޅުވީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން އިނގިރޭސި ސަރުކާރު އޮތީ އިޒްރޭލާ އެކުގައި ކަމަށާއި އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އިޒްރޭލަށް ވެސް އޮންނާނެކަން ހާމަކޮށް ތާއީދުކުރި ކަމަށެވެ. އަދި ހަމާސް އިން އެ ހަމަލާގައި ރަހީނުކުރި އެންމެން ދޫކޮށްލަން މިއަދު ވެސް އޭނާ ގޮވައިލެއްވި އެވެ.
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ޔޫކޭއިން އިޒްރޭލަށް ބައެއް ހަތިޔާރު ވިއްކުން ހުއްޓާލަނީ
އިޒްރޭލަށް ހަތިޔާރު ވިއްކާތީ ޔޫކޭ ސަރުކާރަށް ޕްރެޝަރު
ފަލަސްތީނަށް ތާއީދުކޮށް ލަންޑަނުގައި ބޮޑު އެއްވުމެއް
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި
އިޒްރޭލާ ދެކޮޅު އަމުރާ މެދު ޔޫކޭ ކަންބޮޑުވެފައި
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި