Roadha Mihaaru
އިޒްރޭލާ ދެކޮޅު އަމުރާ މެދު ޔޫކޭ ކަންބޮޑުވެފައި

އިޒްރޭލާ ދެކޮޅު އަމުރާ މެދު ޔޫކޭ ކަންބޮޑުވެފައި

28 ޖެނުއަރީ 2024

ފަލަސްތީނުގެ ޣައްޒާގައި ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް ހިނގާފާނެ ފަދަ ކަމެއް ނުކުރުމަށް އދ.ގެ އެންމެ މަތީ ކޯޓުން އިޒްރޭލުގެ މައްޗަށް ހުކުރު ދުވަހު ނެރުނު ވަގުތީ އަމުރާ މެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް ހިނގާފާނެ ފަދަ ކަމެއް ނުކުރުމަށް އދ.ގެ އެންމެ މަތީ ކޯޓުން އިޒްރޭލުގެ މައްޗަށް ހުކުރު ދުވަހު ނެރުނު ވަގުތީ އަމުރާ މެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

ނަސްލު ނައްތާލުމުގެ އަމަލެއް ހިނގިޔާ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ނެރުނު އަމުރާ ގުޅިގެން އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) ގެ ދައުރާއި މިނިވަންކަމަށް އިނގިރޭސި ވިލާތުން އިހުތިރާމްކުރާ ކަމަށާއި އެކަމަކު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެ ބަޔާނުގައި ބުނީ ކޯޓުގެ އަމުރުން، ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކަށް ދާއިމީ ހުއްޓުމެއް ގެނެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ހަމާސްގެ ހަމަލާތަކުން ދިފާއުވުމުގެ ހައްގު އިޒްރޭލަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިގެންވޭ،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނުގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ޣައްޒާގައި އިޒްރޭލުން ހިންގާ ކަންކަމަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް އިނގިރޭސި ވިލާތުން ނުދެކޭ ކަމަށެވެ. ދެކުނު އެފްރިކާއިން ކޯޓަށް ހުށަހެޅި މައްސަލަޔަކީ ހުށަހަޅައިގެން ނުވާނެ އަދި ކަންކަން އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި އިނގިރޭސި ވިލާތުން އެންމެ ފުރަތަމަ ވެސް ބުނީ އެހެންވެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމަކު އައިސީޖޭގެ އަމުރުގައި، އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިން އިރު ރަހީނުކުރި އިޒްރޭލު މީހުން ވަގުތުން މިނިވަންކުރުމަށް ގޮވާލާފައި ވާތީ އެކަމަށް ވަނީ މަރުހަބާ ކިޔައިފަ އެވެ.

ހަމާސްގެ ހަމަލާތަކަށް ފަހު އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނެވެ. -- އޭއެފްޕީ