ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.
24 ޖުލައި 2025
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.
އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓިކެޓު ބުކްކުރާއިރު، އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ދެން ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ނަމަވެސް، އެ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭ ނަމަ cc@iasl.aero ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެ ކަމަށް ބުންޏެވެ. މައުލޫމާތު އިސްލާހު ކުރުމަށް އެއްވެސް އަގެއް ނުނަގާނެ އެވެ.
އެ ކުންފުނިން ބުނީ ޓިކެޓު ބުކިން ޕްރޮސެސް އަށް ބަދަލުތަކެއް ގެނައީ ކަސްޓަމަރުންގެ ޕްރައިވަރީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް ކަމަށެވެ.
ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 18 މަންޒިލް އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެ އެވެ.
ޗައިނާއަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް
މޯލްޑިވިއަންއިން އެފްއައިޓީ ފެއާގެ އަގު ހެޔޮކޮށްފި
ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ
ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި
މޯލްޑިވިއަންއަށް ތިން މިލިއަން ދޭން އެމްޑީޕީއަށް ހުކުމް
މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނައިން ރާއްޖޭގެ ނަން
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި
މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަބޭންކް ބޭނުންކުރުން މަނާ
އައިއޭއެސްގެ ގެއްލުން 2.8 މިލިއަނަށް ކުޑަކޮށްފި
އައިލެންޑް އޭވިއޭޝަނަށް 2024 ގައި ވެސް ގެއްލުން!