ހުޅުމާލެ 2 ގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް، އެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
21 ޖުލައި 2025
ހުޅުމާލެ 2 ގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް، އެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ފްލެޓުތައް ލިބޭ މީހުންނާއެކު އެފްޑީސީން މިއަދު ވަނީ އެގްރިމެންޓުގައި ސޮއިކުރަން ފަށައިފަ އެވެ. ނަމަވެސް، ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ޑައުންޕޭމަންޓު ދެއްކުމުންނެވެ.
އެފްޑީސީން ނެރުނު ބަޔާނުގައި ބުނީ އެޕާޓްމަންޓުތައް ލިބޭ މީހުންނާއެކު ހަދާފައިވަނީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ އެގްރިމެންޓަކަށް ވާތީ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓަނެންސް ފީ، އެ މަހެއްގެ 10 ގެ ކުރިން ދައްކައިފިނަމަ އެ މީހަކަށް ސަބްސިޑީގެ 100 ޕަސެންޓު މަންފާ ލިބޭނެ ކަމަށެވެ.
އެ މުއްދަތުގެ ފަހުން ކުލި ދައްކާ މީހުންނަށް ލިބޭ ސަބްސިޑީގެ ޕަސެންޓޭޖަށް ބަދަލުތައް އަންނާނެ ކަމަށް ވެސް ބުންޏެވެ.
- މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ކުލި ދައްކައިފިނަމަ ސަބްސިޑީގެ 75 ޕަސެންޓު މަންފާ
- މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ކުލި ދައްކައިފިނަމަ ސަބްސިޑީގެ 50 ޕަސެންޓު މަންފާ
- މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ކުލި ދައްކައިފިނަމަ 25 ޕަސެންޓު މަންފާ
- މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ މަހެއްގެ ކުލި ދައްކާނަމަ، ދައްކަންޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނާ
ބަޔާނުގައި ބުނީ އެއްބަސްވުމުގެ ދަށުގެ ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން 30 ދުވަހުގެ ނޯޓިހެއް ފޮނުވުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. ނަމަވެސް، އެއާ އެއްގޮތަށް ކުލި ނުދައްކާނަމަ އަޅާނެ ފިޔަވަޅެއް ނުބުނެ އެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އަށެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ. އެފްޑީސީން ބުނީ ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާ ކަމަށެވެ.
ސަރުކާރުން 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް އެއްކޮށް ނިންމައިފަ އެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
4،000 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އަންގާނީ ޕޯޓަލް އިން
ފްލެޓް އެއްބަސްވުމުގައި އަންނަ ހަފުތާ ސޮއިކުރަން ފަށަނީ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ފްލެޓްތައް ދޫކުރާ ގޮތާ މެދު ޔޫނިއަންގެ ކަންބޮޑުވުން
ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި
ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަދުވަހު ފަށަނީ
ގިރާވަރާއި ހުޅުމާލެ3 ހިއްކާ އެގްރިމެންޓު ބާތިލްކުރަނީ
ހިޔާފްލެޓް އަތުލި މީހުންނަށް ފުރަތަމަ މަޝްރޫއުން ފްލެޓް
ފްލެޓް ނުލިބޭ ކަމަށް ފޮނުވާ ސިޓީތަކާ މެދު ކަންބޮޑުވުން