ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
21 ޖުލައި 2025
ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ނ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މާފަރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. އެހެންވެ، އެހެންވެ، ޕްލޭންތަކަށް ފަހު އޭގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ނ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާ--- ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި މާފަރުގެ މަގުތައް ހަދަން ފެށުން މި އަހަރަށް ޕްލޭން ކޮށްފައިވާ ކަމަށާއި އެ ރަށުގެ ތަރައްގީ އަށް ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ މިންވަރަށް ޒަމާނީ ފެންވަރުގެ ސިއްހީ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
ކައުންސިލާއި އެ ރަށު ސްކޫލުން އެދުނު ގޮތަށް ހަތަރު ކްލާސް ރޫމް އަޅައި ފުޓްސަލް ދަނޑު ހެދުމުގައި ލަސްވެފައިވާ ލަސްވުމަށް ހައްލު ގެނެސް، އެ މަޝްރޫއު ހިމެނޭހެން ކުޅިވަރުގެ ގިނަ ވަސީލަތްތައް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
"ރައްޔިތުން އެދޭ ކަންކަން ހަމަޖެއްސުމަކީ އިސް ޒިންމާ"
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް