މަރުވެފައިވާ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަނީ އެ މީހާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހެޅުމުން ކަމަށާއި އެ މީހާ މަރުވެފައިވާކަން އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.
މަރުވެފައިވާ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަނީ އެ މީހާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހެޅުމުން ކަމަށާއި އެ މީހާ މަރުވެފައިވާކަން އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނެފި އެވެ.
ތ. ތިމަރަފުށީ މީހެއް ކަމަށްވާ މުއާވިޔަތު މޫސާ، 31، ގެ މައްސަލަ ކޯޓަށް ހުށަހަޅައި މިއަދަށް ތާވަލްކުރި އިރު އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ތައިލެންޑުގައި މަރުވެފައި އޮއްވައި ފެނުނު މީހެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މުއާވިޔަތުގެ މައްޗަށް ވައްކަމުގެ މައްސަލައެއްގައި އޭޕްރީލް 12، 2022 ގައި ހުކުމްކޮށްފައިވެ އެވެ. އެ ހުކުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 42،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭ މީރާއަށް ދެއްކުމަށާއި 783 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށެވެ.
އެކަމަކު މި ފައިސާ މީރާއަށް ނުލިބޭކަމަށް ބަޔާންކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް، މުއާވިޔަތު މަރުވި ފަހުން ފޮނުވާފައި އޮތްކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދިން މައުލޫމާތުން އެނގެ އެވެ.
"މި ފައިސާ މީރާއަށް ނުލިބޭކަމަށް ބަޔާންކޮށް 17 ޖޫން 2025 ގައި މި އޮފީހަށް ހުށަހަޅާފައިވޭ. ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަދަބު މުރާޖައާކޮށްދިނުމަށް މި އޮފީހުން ހުށަހަޅާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި މިއަދު ހެނދުނު 9:00 އަށް އޮންލައިންކޮށް ބާއްވަން ތާވަލްކުރީ މި މައްސަލައިގެ އަޑުއެހުމެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މުއާވިޔަތު މަރުވެފައިވާ ކަމަކަށް އެއްވެސް އިދާރާއަކުން އެ އޮފީހަށް އަންގައިފައެއް ނެތެވެ.
"ރަސްމީ އެއްވެސް އިދާރާއަކުން، މީނާ މަރުވެފައިވާކަން މިއޮފީހަށް އަންގާފައި ނުވޭ. މީހަކު މަރުވިކަމަށް މި އޮފީހުން ބަލަނީ މަރު ސާބިތުކުރި ލިޔުން މި އޮފީހަށް ލިބުމުން. ނުވަތަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެކަން މި އޮފީހަށް ކަށަަވަރުކޮށްދިނުމުން،" ޕީޖީ އޮފީހުން ބުންޏެވެ.
މިހާރު އެކަމާ ގުޅޭ ލިޔުންތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ވެސް ބުނީ މުއާވިޔަތު މަރުވެފައިވާ ކަމުގެ މައުލޫމާތެއް ކުރިން ކޯޓަށް ނުލިބޭ ކަމަށާއި އެކަމަކު އެކަން އާއިލާއިން އެންގުމުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން މެދުވެރިކޮށް އެކަން ބަލަމުން އަންނަ ކަމަށެވެ.
މުއާވިޔަތު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު ތައިލެންޑުގެ ބެންކޮކުގައި ހުންނަ ހޮޓަލެއްގެ ކޮޓަރިންނެވެ. އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި، އަތުގައި އެއްވެސް ފައިސާއެއް ނެތް މުއާވިޔަތަށް ހަރަދުކޮށްގެން ބަޔަކު ތައިލެންޑަށް ގެންދިޔައީ އެވެ. މުއާވިޔަތު ފުރައިގެން ދިޔައީ އެކަން ހުއްޓުވަން ޕާސްޕޯޓް ފޮރުވުމުން އާ ޕާސްޕޯޓެއް ހަދައިގެން ކަމަށާއި އޭނާ ތައިލެންޑުގައި މަރާލީ ކަމަށް ވެސް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.
ހުކުމާ އެއްގޮތަށް ޖޫރިމަނާފައިސާ ނުދައްކާ މީހުން ހޯދަނީ
ހޯޕް ޓްރެވަލްސްއިން މީރާގެ ތުހުމަތުތައް ދޮގުކޮށްފި
ޓެކުހަށް މަކަރު ހެދުމުން ދައުވާކުރަން ފޮނުވައިފި
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި
އަހަރެއް ކުރިން މަރުވި މީހެއްގެ ޝަރީއަތް ތާވަލްކޮށްފި
ޝިޔާމަށް ކުރި ދައުވާ ހަތް އަހަރު ފަހުން ގެންގޮސްފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމީމަށް ދިން ހަމަލާގެ މައްސަލަ އިސްތިއުނާފެއް ނުކުރޭ