މިދިޔަ އަހަރުގެ އޯގަސްޓް މަހު މަރުވެފައިވާ މީހެއްގެ މައްޗަށް ދައުވާލިބޭ މައްސަލައެއްގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފި އެވެ.
16 ޖުލައި 2025
މިދިޔަ އަހަރުގެ އޯގަސްޓް މަހު މަރުވެފައިވާ މީހެއްގެ މައްޗަށް ދައުވާލިބޭ މައްސަލައެއްގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފި އެވެ.
ތ. ތިމަރަފުށީ މީހެއް ކަމަށްވާ މުއާވިޔަތު މޫސާ، 31، ގެ މައްޗަށް ކޮށްފައިވާ ހުކުމެއްގެ އަދަބު ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައި އޮންލައިންކޮށް ބާއްވާ ގޮތަށެވެ. މިއީ ވައްކަމުގެ މައްސަލައެއްގައި ކޮށްފައިވާ ހުކުމެއްގެ އަދަބު ތަންފީޒުކުރުމުގެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަތަކުގެ ރެކޯޑް އޮންނަ މުއާވިޔަތު މަރުވެފައި އޮއްވައި ފެނުނީ ތައިލެެންޑުގެ ބެންކޮކަށް ގޮސް އުޅެނިކޮށް އެތަނުގެ ހޮޓަލެއްގެ ތެރެއިންނެވެ.
ކްރިމިނަލް ކޯޓުން ބުނީ މުއާވިޔަތު މަރުވެފައިވާ ކަމަށް އެ ކޯޓަށް ކުރިން މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަ ހުށަހެޅީ ވެސް މި އަހަރު ކަމަށް ބުންޏެވެ. އެހެން ކަމަށްވާ ނަމަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކޯޓަށް މައްސަލަ ފޮނުވި އިރު ވެސް މުއާވިޔަތު ދުނިޔެއަކު ނެތެވެ. މައްސަލައިގެ ގަޒިއްޔާ ނަންބަރުން ވެސް އެނގޭ ގޮތުގައި އެއީ މި އަހަރުގެ މައްސަލައެކެވެ.
މިކަމާ ބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ކޯޓުން ބުނީ މުއާވިޔަތުގެ އާއިލާއިން ކޯޓަށް ގުޅައި އޭނާ މަރުވެފައިވާ ކަމަށް ބުނެފައިވާތީ އެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ދައުވާ ލިބޭ މީހަކު މަރުވެއްޖެ ނަމަ ދައުވާ ބާތިލުވާނެ އެވެ.
މުއާވިޔަތު މަރުވި މައްސަލައިގައި އޭނާގެ އާއިލާއާ ހަވާލާދީ މީޑިއާގައި ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުއާވިޔަތު ތައިލެންޑަށް ދިޔައީ އޭނާ ފުރަން އުޅޭކަން އެނގުމުން އެކަން ހުއްޓުވަން ޕާސްޕޯޓް ފޮރުވުމުން، އާ ޕާސްޕޯޓެއް ހަދައިގެންނެވެ. މުއާވިޔަތަކީ ވަޒީފާއެއް އަދާނުކުރާ އަދި އަތުގައި ފައިސާ ވެސް ނުހުންނަ މީހަކަށް ވާއިރު ބަޔަކު އޭނާ ގޮވައިގެން ދިޔައީ ކަމަށާއި އަދި މަރާލީ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
ތައިލެންޑު ފުލުހުން އޭނާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު އެ ގައުމުގައި ވަނީ ވަޅުލައިފަ އެވެ. އެ ޕޯސްޓްމޯޓަމްއާ ބެހޭ މައުލޫމާތެއް ފަހުން ނުލިބެ އެވެ.
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި
މަރުވި ފަހުން މައްސަލަ ފޮނުވުނީ މީރާއިން ހުށަހެޅުމުން
ޝިޔާމަށް ކުރި ދައުވާ ހަތް އަހަރު ފަހުން ގެންގޮސްފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމީމަށް ދިން ހަމަލާގެ މައްސަލަ އިސްތިއުނާފެއް ނުކުރޭ
"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ޖިހާދުގެ މައްސަލަ ހައި ކޯޓުން އެންމެފަހުން ބަލައިގެންފި