Roadha Mihaaru

ޓޮޓެންހަމަށް 24 ގަޑިއިރުތެރޭ 155 މިލިއަނަށް ދެ ކުޅުންތެރިން

ލަންޑަން (ޖުލައި 11) - އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާގެ އެޓޭކް ވަރުގަދަ ކުރަން، 24 ގަޑިއިރުތެރޭ 115 މިލިއަން ޕައުންޑް (155 މިލިއަން ޑޮލަރު) އަށް ދެ ކުޅުންތެރިން ގެނެސްފި އެވެ.

ޓޮޓެންހަމް ޗެމްޕިއަންސް ލީގަށް ތައްޔާރުވަނީ

ލަންޑަން (ޖުލައި 11) - އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާގެ އެޓޭކް ވަރުގަދަ ކުރަން، 24 ގަޑިއިރުތެރޭ 115 މިލިއަން ޕައުންޑް (155 މިލިއަން ޑޮލަރު) އަށް ދެ ކުޅުންތެރިން ގެނެސްފި އެވެ.

ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ގާނާގެ ފޯވާޑް މުހައްމަދު ކުޑުސް، 24، އެ ޓީމާ ގުޅުނީ 55 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އިއްޔެ ވަނީ ނޮޓިންހަމް ފޮރެސްޓްގެ އެޓޭކިން މިޑްފީލްޑަރު މޯގަން ގިބްސް ވައިޓް، 25، ގެ ރިލީސް ކްލޯސްއަށްވާ 60 މިލިއަން ޕައުންޑް ދީފައި އޭނާވެސް ހޯދައިފަ އެވެ.

ކުޑުސް ވަނީ ފާއިތުވި ދެ ސީޒަންގައި ވެސްޓް ހޭމަށް މުހިއްމު ލަނޑުތަކެއް ޖަހައިދީފަ އެވެ. އެގޮތުން އަޔެކްސް އިން އޭނާ ވެސްޓް ހޭމަށް ބަދަލުވި ސީޒަންގައި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދޭން ވެސް އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.

ނިމިދިޔަ ތިން ސީޒަނުގައި ގިބްސް ވައިޓް ކުޅުނީ ނޮޓިންހަމް ފޮރެސްޓަށެވެ. ފޮރެސްޓުން މިދިޔަ ސީޒަންގައި ލީގުގެ ހަތް ވަނަ ހޯދައިގެން ކޮންފަރެންސް ލީގުން ޖާގަ ހޯދާފައި ވާއިރު، އޭނާ ވަނީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ރަނގަޅު ލީޑަޝިޕެއް ދައްކައިފަ އެވެ. ލީގުގެ ގަދަ ތިނެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ފޮރެސްޓް ވެއްޓުނީ އެންމެ ފަހު ފަސް މެޗަށް ވެފައިވަނިކޮށެވެ. ފޮރެސްޓަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ ވުލްވްސްއަށެވެ.

ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގުން ޓޮޓެންހަމް ސަލާމަތްވީ 17 ވަނައިގައި ނިންމައިގެންނެވެ. ނަމަވެސް ޔޫރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ވަނީ ޖާގަ ހޯދައިފަ އެވެ.

ޓޮޓެންހަމް ވަނީ، އަހަރުތަކެއް ފަހުން އެ ޓީމަށް ތަށްޓެއް ހޯދައިދިން ކޯޗު އަންޖީ ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށް، ބްރެންޓްފޯޑްގެ ކޯޗުކަމުގައި ހުރި ތޯމަސް ފްރޭންކް އެ މަގާމަށް ހަމަޖައްސައިފަ އެވެ.

ފްރޭންކް މަގާމާ ހަވާލުވުމަށް ފަހު އޭނާ ވަނީ، 30 މިލިއަން ޕައުންޑް ދީފައި މިދިޔަ ސީޒަންގައި ބެޔާން މިއުނިކްގެ ލޯނު އެއްބަސްވުމެއްގައި އެ ޓީމަށް ކުޅުނު މެތިއަސް ޓެލްގެ ކޮންޓްރެކްޓް ދާއިމީ ކޮށްފަ އެވެ.