Roadha Mihaaru

ޓޮޓްނަމް އަށް ނުނިމުނު ޑީލް އާސެނަލުން އެއް ދުވަހުން ނިންމާލައިފި

ލަންޑަން (އޮގަސްޓް 21) - ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވާން ނިންފައިވާ ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު އެބެރޭޗީ އެޒީގެ ޑީލް އާސެނަލުން ނިންމައިފި އެވެ.

ޓޮޓްނަމަށް ނުނިމުނު ޑީލް އާސެނަލަށް އެއް ދުވަހުން

ލަންޑަން (އޮގަސްޓް 21) - ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވާން ނިންފައިވާ ކްރިސްޓަލް ޕެލަސްގެ މިޑްފީލްޑަރު އެބެރޭޗީ އެޒީގެ ޑީލް އާސެނަލުން ނިންމައިފި އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އިއްޔެ ހެނދުނާ ހަމައަށް ވެސް އެޒީ ގުޅެން ނިންމާފައި ވަނީ ޓޮޓެންހަމަށެވެ. ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮއްވައި 60 މިލިއަން ޕައުންޑް (81 މިލިއަން ޑޮލަރު) އަށް ބަދަލުވާން ހުރިހާ ފަރާތަކުން އެއްބަސް ވެފައި ވާނަމަވެސް، އާސެނަލުން ފަހު ވަގުތު އެޒީ އަށް ޓާގެޓް ކުރީ އެޓީމުގެ ކައި ހަވާޓްޒް ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށް ލަފާ ކުރެވުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލް ކުރިން އޭނާ ގެންނަން މަސައްކަތް ނުކުރީ، ޒުވާން ފޯވާޑް އީތަން އެންވާނޭރީ ކުލަބުގައި ބަހައްޓަން ނިންމާފައި ވުމުންނެވެ. އަދި މި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަންނަން 200 މިލިއަނެއްހާ ޕައުންޑް ހޭދަކޮށްފައި ވުމުން، ކުލަބުން އެންމެ މުހިއްމު ކަމެއް މިވަގުތު އޮތީ ކުޅުންތެރިން ވިއްކައިގެން އާމްދަނީ ރަނގަޅު ކުރަން ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އިއްޔެގެ ޕްރެކްޓިހުގައި ހަވާޓްޒް އަށް ބައިވެރި ނުވެވުނު އިރު، އަނިޔާގެ ސީރިއަސްކަން ކުލަބަށް އަދި ދެނެގަނެފިފައެއް ނުވެ އެވެ. އާސެނަލްގައި ދެން ހުރި ފޯވާޑް، ގެބްރިއެލް ޖެސޫސް ހުރީ ކުރިން ލިބުނު އަނިޔާގައި ކުޅުމާ ދުރުގަ އެވެ. ޖެނުއަރީ މަހު ކަކުލުގެ ސާޖަރީއެއް ކުރަން އޭނާ އަންނަނީ ތައްޔާރު ވަމުންނެވެ.

އުމުރުން 27 އަހަރުގެ އެޒީގެ ޓްރާންސްފާ ކާމިޔާބު ކުރި އެވެ.

މިދިޔަ ސީޒަންގެ އެފްއޭ ކަޕް ކާމިޔާބުކޮށް ޕެލަސްގެ 119 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައި ދިނުމުގައި އެޒީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުން ވެސް ޕެލަސް މޮޅުވީ އޭނާ ވެސް ޖެހި ގޯލްތަކުންނެވެ. އަދި ފައިނަލު މެޗުގައި މެންޗެސްޓާ ސިޓީ ބަލިކުރަން ޖެހި ހަމައެކަނި ލަނޑު ވެސް ޖެހީ އޭނާ އެވެ.

ލަންޑަނަށް އުފަން އެޒީ އަކީ ކުޑައިރުއްސުރެން ވެސް އާސެނަލްގެ ސަޕޯޓަރެކެވެ. ޓޮޓްނަމް އާއި ކްރިސްޓަލް ޕެލަސް އަކީ ވެސް ލަންޑަނުގެ ދެ ކްލަބެވެ.

ޓޮޓެނަމަށް އެޒީގެ ޓްރާންސްފާ ނާކާމިޔާބު ވުމަކީ މި ސީޒަނުގައި އެ ޓީމާ ހަވާލުވި ކޯޗު ތޯމަސް ފްރޭންކް އަށް ލިބޭނެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިފަހަރު ޓްރާންސްފާ ބާޒާރުގެ ކުރީކޮޅު ޓޮޓްނަމުން ނޮޓިންހަމް ފޮރެސްޓްގެ ކެޕްޓަން މޯގަން ގިބްސް ވައިޓް ސޮއިކުރުވުމާ ވަރަށް ގާތަށް ޖެހިލި ނަމަވެސް ގިބްސް ވައިޓް ވަނީ ފަހު ވަގުތު ފޮރެސްޓްގައި މަޑުކުރަން ނިންމައިފަ އެވެ.