ވެލެންސިއާގެ ޒުވާން ޑިފެންޑަރު ކްރިސްޓިއަން މޮސްކޭރާ، ހިލޭ ޓްރާންސްފާގައި ސޮއި ކުރުވަން ރެއާލް މެޑްރިޑުން ބަލަބަލައި ތިއްބާ އާސެނަލުން އޭނާ ގަނެފި އެވެ. އުމުރުން 21 އަހަރުގެ މޮސްކޭރާ، ވެލެންސިއާއާ އެކު ހެދި ކޮންޓްރެކްޓް އަންނަ އަހަރު ހަމަ ވާނެ އެވެ. އެހެންވެ، ހިލޭ ޓްރާންސްފާގައި އޭނާ ސޮއި ކުރުވަން ރެއާލުން ތިބީ ބަލަބަލަ އެވެ. އެކަން ވެލެންސިއާގެ މެންޖެމެންޓަށް ވެސް އެނގެ އެވެ. އެ ކްލަބްގެ ކޮންޓްރެކްޓް އާ ކުރާކަށް ސްޕެއިންގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިޔާ ބޭނުމެއް ނުވެ އެވެ. ހިލޭ ޓްރާންސްފާގައި އޭނާ ކްލަބް ދޫކޮށްދާކަށް ވެސް ވެލެންސިއާއިން ބޭނުމެއް ނުވި އެވެ. އާސެނަލުން އޭނާ ގަންނަން ޝައުގުވެރިކަން ފާޅު ކުރުމުން ވެލެންސިއާއިން ވަނީ އޭނާ ވިއްކާލަން އެއްބަސްވެފަ އެވެ. މޮސްކޭރާގެ ޓްރާންސްފާ އަށް ވެލެންސިއާ އާއި އާސެނަލްއާ ދެމެދު އެއްބަސްވީ 17.5 މިލިއަން ޑޮލަރަށެވެ. އަދި ޕްރިމިއާ ލީގުގައި އޭނާ ދައްކާ ކުޅުމަށް ބަލައި އިތުރު ހަ މިލިއަން ޑޮލަރު ވެސް އާސެނަލުން ވެލެންސިއާ އަށް ދޭނެ އެވެ.
16 ޖުލައި 2025

އާސެނަލްއާ އެކު އޭނާ އަދި ސޮއެއް ނުކުރެ އެވެ. މެޑިކަލް ވެސް ފުރިހަމައެއް ނުކުރެ އެވެ. އެކަމަކު މިވަގުތު ވެސް އޭނާ ހުރީ ލަންޑަނުގަ އެވެ.
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ރަފީނިއާއަށް އާސެނަލުން 50 މިލިއަން، ސައުދީގެ ކްލަބުން 65 މިލިއަން
އާސެނަލްއިން ރެކޯޑް އަދަދަކަށް ޓްރާންސްފާގައި ހޭދަކޮށްފި
ސޮބޮސްލާއީ ޖެހީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ފްރީކިކް؟
އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ޓޮޓްނަމަށް ނުނިމުނު ޑީލް އާސެނަލަށް އެއް ދުވަހުން
ޔުނައިޓެޑުން ސެސްކޯ އަށް އަލުން ފާރަލަނީ
ޔޮކަރެސް ވާނީ ވާދަވެރި ޓީމުތަކަށް "ބިރަކަށް": ސަލީބާ
ވޯލްޑް ކްލާސް ބެކެއް ހޯދަން ސިޓީން އަތްފުނާ އަޅަނީ
ބާސާގައި ރަޝްފޯޑަށް އޮތީ ޕްރެކްޓިސްކޮށްކޮށް ހުރުން