ލަންޑަން (މެއި 15) - މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޔޫރޮޕާ ލީގުގެ ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާގެ މުހިއްމު ތިން ކުޅުންތެރިންނަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެ އެވެ.
ލަންޑަން (މެއި 15) - މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޔޫރޮޕާ ލީގުގެ ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާގެ މުހިއްމު ތިން ކުޅުންތެރިންނަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެ އެވެ.
ލީގުގައި އެންމެ ފަހުން ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗުގައި އަނިޔާވި ޓޮޓެންހަމްގެ ޑިޔާން ކުލުސެވްސްކީ ވަނީ އިއްޔެ ސާޖަރީއެއް ކޮށްފަ އެވެ. އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ވަނީ މި ސީޒަންގައި ޓޮޓެންހަމަށް 10 ގޯލު ޖަހައިދީ، 11 އެސިސްޓް ކޮށްފަ އެވެ.
މީގެ އިތުރުން އެޓީމުގެ ޖޭމްސް މެޑިސަން އާއި ލޫކަސް ބާގްވާލް އަށް ވެސް އަނިޔާގެ ސަބަބުން، އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ކުޅޭ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ނުކުޅެވޭނެ އެވެ.
ޓޮޓެންހަމްގެ ކޯޗު އަންޖީ ޕޮސްޓެކޮގްލޫ މި ސީޒަންގައި އެ ޓީމު ކުޅުވީ އަނިޔާގެ ގިނަ މައްސަލަތަކަކާ އެކު އެވެ. އެގޮތުން މިކީ ވެން ޑެ ވެން، ކްރިސްޓިއަން ރޮމޭރޯ، ގުގްލިއެލްމޯ ވިސާރިއޯ އަދި ސޮން ހެއުން މިން ވެސް ވަނީ ގިނަ ދުވަސްތަކެއް އަނިޔާގައި ހޭދަ ކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އޮތީ 17 ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 36 މެޗުން އެ ޓީމު ވަނީ 20 މެޗުން ބަލިވެފަ އެވެ. އަދި 17 މެޗުން ބަލި ވެފައިވާ މެންޗެސްޓާ ޔުނައިޓެޑް އޮތީ 16 ވަނައިގަ އެވެ.
ލީގުގައި ދަށް ނަތީޖާތަކެއް ލިބުނު ނަމަވެސް ދެ ޓީމަށް ވެސް، ޔޫރޮޕާ ލީގުން މޮޅުވެގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ކޮންމެވެސް އެއް ޓީމަކަށް ލިބޭނެ އެވެ.
ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި
ދަށް ސީޒަނެއްގައި ޔުނައިޓެޑާއި ސްޕާސް ޔޫރޮޕާ ފައިނަލަށް
ޓޮޓެންހަމް އިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ލަދުވެތި ނަތީޖާއާ ހެދި މޮރީނިއޯ މާޔޫސްވެފައި
ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި
ޔުނައިޓެޑް އަނެއް ބުރާ ގާތަށް، އާސެނަލް އެއްވަރު
އާސެނަލަށް ސައްތަ އިން ސައްތަ ރެކޯޑެއް
ޔޫރޮޕާ ލީގު: މިލާނާއި ޓޮޓެންހަމް އަނެއް ބުރަށް
އާސެނަލަށް މޮޅެއް، ކޭން 200 ގޯލު ހަމަކޮށްފި
ލެސްޓާ އާއި އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ބަލިވެއްޖެ