06 ނޮވެމްބަރ 2020
ލަންޑަން (ނޮވެމްބަރު 6) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އާސެނަލުން ފަހަތުން އަރައި 4-1 އިން ނޯވޭގެ މޯލްޑް އަތުން މޮޅުވިއިރު، ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 3-1 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ހެރީ ކޭން ޖެހި ގޯލާ އެކު އޭނާ އެ ޓީމަށް 200 ގޯލު ހަމަކޮށްފި އެވެ.
ލަންޑަން (ނޮވެމްބަރު 6) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އާސެނަލުން ފަހަތުން އަރައި 4-1 އިން ނޯވޭގެ މޯލްޑް އަތުން މޮޅުވިއިރު، ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 3-1 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ހެރީ ކޭން ޖެހި ގޯލާ އެކު އޭނާ އެ ޓީމަށް 200 ގޯލު ހަމަކޮށްފި އެވެ.
އާސެނަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މޯލްޑްގެ މާޓީން އެލިންސަން ވަނީ މެޗުގެ 22 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީ އާސެނަލް ހާސްކޮށްލައިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން އެއްވަރުކުރީ މޯލްޑްގެ ކްރިސްޓޮފާ ހޯގަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ވަނަ ހާފްގައި އާސެނަލުން ލީޑުނެގި ގޯލަކީ މޯލްޑްގެ ޝެރީފް ސިންޔަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އާސެނަލްގެ އަނެއް ދެ ގޯލު ޖެހީ ނިކޮލަސް ޕެޕޭ އާއި ޖޯ ވިލޮކް އެވެ.
މި މެޗުން މޮޅުވެ އާސެނަލް 100 ޕަސެންޓް ރެކޯޑަކާ އެކު ގްރޫޕްގެ އެއް ވަނައިގައި އޮތް ނަމަވެސް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ހިތްހަމަ ނުޖެހުނީ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ނުހިފާ ގޮތަށް އޮތުމުންނެވެ. ރޭގެ މެޗުގައި ވީއޭއާރް އޮތްނަމަ އާސެނަލަށް ގިނަ ކަންތައްތަކެއް ރަނގަޅަށްދާނެ ކަމަށް އާޓެޓާ ބުނެފައިވެ އެެވެ.
މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުން ޓޮޓެންހަމް ބަލިވެފައިވުމުން އެ ޓީމުން ރޭ ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅޭށެވެ. އެ ގޮތުން މެޗުގެ 13 ވަަނަ މިނިޓްގައި އުމުުރުން 27 އަހަރުގެ ކޭން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ކޭން ބޮލުން ޖެހި މި ގޯލާ އެކު އޭނާ ވަނީ ޓޮޓެންހަމަށް ކުޅެދިން 300 މެޗުން 200 ގޯލު ހަަމަކޮށްފަ އެވެ. ކޭން އަށް ވުރެން ގިނައިން އެ ޓީމަށް ގޯލު ޖަހައިދިނީ ޖިމީ ރީވްސް އާއި ބޮބީ ސްމިތު އެވެ.
ލޫކަސް މޯރާ ޓޮޓެންހަމަށް ފުރަތަމަ ހާފުގައި ލީޑުފުޅާކޮށްދީފައިވަނިކޮށް ދެ ވަނަ ހާފް ފަށައިގެން ފަސް މިނިޓް ތެރޭ ލުޑޮގޮރެޓްސްގެ ކްލައުޑިއު ކެސޭރޫ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. ޓޮޓެންހަމުން ތިން ޕޮއިންޓް ކަށަވަރުކުރީ ޖިއޮވާނީ ލޮ ސެލްސޯ ޖެހި ގޯލުންނެވެ.
މި މޮޅާ އެކު ޓޮޓެންހަމް ވަނީ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ރޯޔަލް އެންޓްވާޕް އާއި ތިން ވަނައިގައި އޮތް ލާސްކް އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ.
މި މުބާރާތުގައި ކުޅޭ އިނގިރޭސި އަނެއް ކްލަބް ކަމަށްވާ ލެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބްރާގާ އަތުން 4-0 އިން މޮޅުވެފަ އެވެ. ލެސްޓާގެ ކެލެޗީ އިހެނާޗޯ ދެ ގޯލު ޖެހިއިރު، އަނެއް ދެ ގޯލު ކާމިޔާބުކުރީ ޑެނިސް ޕްރައެޓް އާއި ޖޭމްސް މެޑިސަން އެވެ.
ލެސްޓާ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ބްރާގާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ލެސްޓާ އާއި އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ބަލިވެއްޖެ
ޔޫރޮޕާ ލީގު: އިނގިރޭސި ޓީމުތަކަށް ރަނގަޅު ފެށުމެއް
ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލް ފިޔަވަޅެއް ކުރިއަށް
ޔުނައިޓެޑާއި އާސެނަލް ކުއާޓާ އަށް، ޓޮޓެންހަމް ކަޓައިފި
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
ޔުނައިޓެޑާއި އާސެނަލް އަނެއް ބުރަށް، ލެސްޓާ ކަޓައިފި
ޔުނައިޓެޑް އަނެއް ބުރާ ގާތަށް، އާސެނަލް އެއްވަރު
އާސެނަލަށް ސައްތަ އިން ސައްތަ ރެކޯޑެއް
އާސެނަލާއި ލެސްޓާ އަދި ހޮފެންހައިމް އަނެއް ބުރަށް