02 މެއި 2022
ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން މިރޭ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ލީގު ހަތަރު ވަނައިގައި ޗެލްސީއާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލައިފި އެވެ.
ލަންޑަން (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން މިރޭ 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ލީގު ހަތަރު ވަނައިގައި ޗެލްސީއާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލައިފި އެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އާސެނަލް އެވެ. ބުކަޔޯ ސަކާ ނަގައިދިން ކޯނަރަނުން 38 ވަނަ މިނިޓުގައި އެޓީމުން ލީޑު ނެގި ލަނޑު ޖަހައިދިނީ ޑިފެންޑަރު ރޮބް ހޯލްޑިން އެވެ. ނަމަވެސް 45 ވަނަ މިނިޓުގައި ޖަރޯޑް ބޯވެން ވަނީ ވެސްޓް ހޭމް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
އާސެނަލް އިން ލީޑު ނެގި ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި ޖެހީ ޑިފެންޑަރު ގެބްރިއެލް އެވެ. މިފަހަރު ސަކާ ނެގި ކޯނަރު ވެސްޓް ހޭމް އިން ކްލިއާ ކޮށްލުމުން ފޯވާޑް ގެބްރިއެލް މާޓިނެލީ ވަނީ އެ ބޯޅަ ހޯދައި ފާޕޯސްޓާ ދިމާއަށް ނަގައިދީފަ އެވެ. ގެބްރިއެލް އާސެނަލް މޮޅުކޮށްދިން ލަނޑު ޖެހީ މާޓިނެލީ ނެގި ބޯޅަ ބޮލުން ޖަހައި ގޯލުތެރަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާއެކު އާސެނަލް އަށް ވަނީ ކުޅުނު 34 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައި ވަނީ 66 ޕޮއިންޓެވެ. ޗެލްސީ ވަނީ މިރޭ ރެލިގޭޝަނުގައި އޮތް އެވަޓަން އަތުން ބަލި ވެފަ އެވެ.
އާސެނަލް އަތުން ބަލިވުމާ އެކު ވެސްޓް ހޭމް އަށް ވަނީ މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށް، ފައިދާ ގޯލުގެ ތަފާތުން ހަވަނައަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ވެސްޓް ހޭމް ހަތްވަނައިގައި އޮތީ 52 ޕޮއިންޓް ހޯދައިގެންނެވެ. ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައި ވަނީ 55 ޕޮއިންޓެވެ. ޔުނައިޓެޑާއި ވެސްޓް ހޭމް އަށް ވެސް ލީގުގައި ބާކީ އޮތީ ތިން މެޗެވެ.
ވެސްޓް ހޭމް ދެން ލީގުގައި ނުކުންނާނީ ރެލިގޭޓް ވެފައިވާ ނޯރިޗް ސިޓީއާ ދެކޮޅަށެވެ. ނަމަވެސް އޭގެ ކުރިން އެޓީމަށް ވަނީ ޔޫއެފާ ޔޫރޮޕާ ލީގުގައި ސެމީ ފައިނަލުގެ މުހިއްމު މެޗެއް ކުޅެން ޖެހިފަ އެވެ. ސެމީގެ ފުރަތަމަ ލެގުގައި ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން އަމިއްލަ ދަނޑުގައި ވަނީ ބަލިވެފަ އެވެ.، ފައިނަލުގެ ޖާގައެއް ހޯދަން އެޓީމު ޖަރުމަނުގައި ކުޅޭ ދެވަނަ ލެގުގައި މިހަފްތާ ބުރާސްފަތި ދުވަހުގެ ރޭ ވާދަ ކުރާނެ އެވެ.
ލީގުގެ ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ މިރޭ އެޓީމު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. އެޓީމުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. ޓޮޓެންހަމަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު އެޓީމަށް ލިބިފައި ވަނީ 62 ޕޮއިންޓެވެ.
ސޮން (މ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ސޮން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހަން އެހީވެފައި. ސޮން ޖެހި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ކުލުސެވްސްކީ (ވ).-- ފޮޓޯ: އޭއެފްޕީ
ޓޮޓެންހަމުން މެޗުގައި ލީޑު ނެގީ 22 ވަނަ މިނިޓުގައި ސޮން ހެއުން މިން ނެގި ކޯނަރަކުން ހެރީ ކޭން އެވެ. އަދި ދެވަނަ ހާފުގައި ޖެހި ދެ ލަނޑުން ޓޮޓެންހަމަށް ލީޑު ފުޅާ ކޮށްދިނީ ސޮން އެވެ. އޭނާގެ ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ޑިޔާން ކުލުސެވްސްކީ އެވެ.
ލެސްޓާ ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކެލެޗީ އިހެނާޗޯ އެވެ. މިއާ އެކު އެޓީމު އޮތީ 10 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުން ކުޅެގެން 42 ޕޮއިންޓާ އެކު ޓޭބަލްގެ 11 ވަނައިގަ އެވެ.
ލީގުގައި ލެސްޓާ ސިޓީ އަށް ބާކީ ފަސް މެޗު އެބަ އޮތެވެ. އެޓީމުން ދެން ލީގުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ނަމަވެސް އޭގެ ކުރިން ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ސެމީ ފައިނަލުގައި ރޯމާއާ ދެކޮޅަށް ކުޅޭނެ އެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިޓަލީގައި ކުޅޭ ދެވަނަ ލެގު މެޗުގެ ކުރިން، އިންގްލެންޑުގައި ކުޅުނު ފުރަތަމަ ލެގު ނިމިފައި ވަނީ 1-1 އިން އެއްވަރު ވެގެންނެވެ.
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ރަންގްނިކްއާއެކު ޔުނައިޓެޑަށް ލިބުނީ ޔޫރޮޕާ ލީގުގެ ޖާގަ
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
އާސެނަލް ބަލިިވިއިރު، ލެސްޓާ ފުރުސަތު ނަގާލައިފި
އެއް ވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ކެޕްޓަނާއި ރައިސް ނެތި ހޯދި މޮޅަށް އާޓެޓާގެ ތައުރީފު
ވިދިދިގެން ހަތަރު ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން