27 ސެޕްޓެމްބަރ 2024
ލަންޑަން (ސެޕްޓެމްބަރު 27) - ޓްރެފިކް މައްސަލަތަކެއް ދިމާވެގެން ލަންޑަނުގެ ގިނަ މަގުތަކެއް ބަންދުކުރުމާ ގުޅިގެން، މެޗު ފެށުން 35 މިނިޓް ފަސް ކުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުގައި، އެކަކު މަދުކޮށް ކުޅެގެން އެ ޓީމުން 3-0 އިން ގަރަބާގް ބަލިކޮށްފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 27) - ޓްރެފިކް މައްސަލަތަކެއް ދިމާވެގެން ލަންޑަނުގެ ގިނަ މަގުތަކެއް ބަންދުކުރުމާ ގުޅިގެން، މެޗު ފެށުން 35 މިނިޓް ފަސް ކުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުގައި، އެކަކު މަދުކޮށް ކުޅެގެން އެ ޓީމުން 3-0 އިން ގަރަބާގް ބަލިކޮށްފި އެވެ.
ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން މެޗު ފެށުމުގެ 75 މިނިޓު ކުރިން ކޮންމެ ޓީމެއް ވެސް ދަނޑަށް ހާޒިރުވާން ވާނެ އެވެ. ނަމަވެސް ގިނަ މަގުތަކެއް ބަންދު ކުރުމާ ގުޅިގެން، އަޒަރުބައިޖާންގެ ޗެމްޕިއަން ގަރަބާގުން ރޭ ލަންޑަން ސްޓޭޑިއަމަށް އާދެވުނީ މެޗު ފަށަން ތާވަލް ކޮށްފައި އޮތް ގަޑީގެ 15 މިނިޓް ކުރިންނެވެ.
މެޗުގެ ރެފްރީ ވަނީ ހަތް ވަނަ މިނިޓުގައި ޓޮޓެންހަމްގެ ވާތު ބެކް ރަޑޫ ޑްރަގޫސިން ކުރި ކުށަކަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ނަމަވެސް ބްރޭނަން ޖޯންސަން ވަނީ މި ހާފުގައި ގޯލެއް ޖަހައި، ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ.
ޓޮޓެންހަމްގެ ކީޕަރު ވިސާރިއޯ އާއި ކޯޗު ޕޮސްޓެކޮގްލޫ، މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ
އެކަކު މަދުކޮށް ކުޅުނު ޓޮޓެންހަމާ ދެކޮޅަށް ގަރަބާގުން ވަނީ މި ހާފުގައި ގިނަ ހަމަލާތަކެއް ނާކާމިޔާބު ކޮށްލައިފަ އެވެ. ޓޮޓެންހަމްގެ ގޯލްކީޕަރު ގުގްލިއެލްމޯ ވިސާރިއޯ ވެސް ވަނީ އޭގެ ތެރޭން ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.
ގަރަބާގަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ޓޮޓެންހަމުން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ޕާޕޭ މަޓާ ސާ ކާމިޔާބު ކުރި ގޯލުން ލީޑު ފުޅާކޮށްފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ޤަރަބާގަށް ފަރަގު ކުޑަކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ. އެއަށް ފަހު ޑޮމިނިކް ސޮލަންކޭ ވަނީ ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ.
އިނގިރޭސި ލީގުގައި އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ ޓޮޓެންހަމްގެ ކެޕްޓަން، ސޮން ހެއުން މިން އަށް ވަނީ މި މެޗުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފަ އެވެ.
ޓޮޓެންހަމްގެ ކެޕްޓަން ސޮން. -- ފޮޓޯ: އޭއެފްޕީ
ލީގު ބުރުގެ ފުރަތަމަ ހަފްތާގެ ބައެއް މެޗުތަކަށް ބަލައިލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ ޓްވެންޓޭ އާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ. ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާއި ފްރާންސްގެ ނީސް ބައްދަލުކުރި މެޗާއި ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އާއި އިޓަލީގެ ރޯމާ ބައްދަލުކުރި މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިންނެވެ.
އިޓަލީގެ ލާޒިއޯ ވަނީ 3-0 އިން ޑީނަމޯ ކިއެވް ބަލިކޮށްފަ އެވެ. ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓާއި ޗެކްރިޕަބްލިކްގެ ވިކްޓޯރިއާ ޕެލްޒެން ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވި އިރު، ޖަރުމަންގެ ހޮފެއިންހެއިމް އާއި ޑެންމާކްގެ މިޖިލަންޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.
ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގު ވެސް ކުޅެނީ ޗެމްޕިއަންސް ލީގާ އެއްގޮތަށް، އާ ފޯމެޓުގައި 36 ޓީމާ އެކު ފުރަތަމަ ލީގު ބުރެކެވެ. ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި، ލީގު ބުރުގައި އަށް ޓީމާ ދެކޮޅަށް ކުޅެން އޮންނަ ނަމަވެސް ކޮންފަރެންސް ލީގުގައި ކުޅޭނީ ހަ ޓީމާ ދެކޮޅަށެވެ.
ލީގު ބުރުގައި ކޮންމެ ޓީމަކުން ވެސް ވާދަ ކުރާނެ ޓީމުތައް ވަނީ ގުރުއަތަކުން ހޮވައިފަ އެވެ. ނޮކްއައުޓް ބުރަށް ދާނީ 36 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމުގެ އިތުރުން، ރޭންކިންގައި ދެން ކުރީގައި އޮތް 16 ޓީމު ޕްލޭއޮފް މެޗުތަކެއް ކުޅެގެން މޮޅުވާ އަށް ޓީމެވެ.
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ޔޫއެފާގެ އަމާޒު މުބާރާތްތަކުން 4.7 ބިލިއަން ހޯދުން
ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ތައާރަފް ކޮށްފި
ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް އަށް މޮޅެއް، ބެޓިސް އަތުން ރޯމާ ބަލިވެއްޖެ
ލެސްޓާ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު ވެއްޖެ