ޓޮޓެންހަމް ހޮޓްސްޕާ އިން އެ ޓީމުގެ އާ ކޯޗެއް ހަމަޖެއްސުމާ އެކު، ލޯނު އުސޫލުން މިދިޔަ ސީޒަންގައި ކުޅުނު ފޯވާޑް މެތިއަސް ޓެލްގެ އެއްބަސްވުން ދާއިމީ ކޮށްފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާ އިން އެ ޓީމުގެ އާ ކޯޗެއް ހަމަޖެއްސުމާ އެކު، ލޯނު އުސޫލުން މިދިޔަ ސީޒަންގައި ކުޅުނު ފޯވާޑް މެތިއަސް ޓެލްގެ އެއްބަސްވުން ދާއިމީ ކޮށްފި އެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ މި ކުޅުންތެރިޔާ ބެޔާން މިއުނިކުން ޓޮޓެންހަމަށް ބަދަލުވީ ޖޫން 30 ގެ ނިޔަލަށް 45 މިލިއަން ޕައުންޑަށް ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތާ އެކު އެވެ. ނަމަވެސް މި އަގު ދެ ފަރާތް އެއްބަސް ވެގެން 30 މިލިއަނަށް ކުޑަކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ފްރާންސްގެ ރެންސް އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި މަގުބޫލުކަން ހޯދި ފޯވާޑް ބެޔާން މިއުނިކަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ނަމަވެސް ޓޮޓެންހަމަށް ބަދަލުވީ މިދިޔަ ސީޒަންގައި ކުޅުމުގެ ފުރުސަތު މަދުވުމުންނެވެ.
އުމުރުން 21 އަހަރުގެ ޓެލް ވަނީ ފެބްރުއަރީ މަހު ޓޮޓެންހަމަށް ބަދަލުވެ، 20 މެޗު ކުޅެގެން ތިން ގޯލު ޖަހައި ދީފަ އެވެ. ހަމައެއާ އެކު، އޭނާ ވަނީ މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ ޔޫރޮޕާ ލީގު ކާމިޔާބު ކުރި ފައިނަލް މެޗު ސްކޮޑުގައި ހިމެނިފަ އެވެ.
ޓޮޓެންހަމުން އަންނަނީ ބްރެންޓްފޯޑަށް ކުޅޭ ކެމަރޫންގެ ފޯވާޑް ބްރަޔަން އެމްބެއުމޯ، 25 ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް އެމްބުއެމޯ އަށް ޝައުގުވެރިވާކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
މިދިޔަ ސީޒަންގައި ޓޮޓެންހަމަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން އަންޖީ ޕޮސްޓެކޮގްލޫ މަގާމުން ދުރުކޮށް، އެ މަގާމަށް ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ކަމަޖެއްސީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑެންމާކްގެ ކޯޗު ފްރޭންކް 2016 ވަނަ އަހަރު ބްރެންޓްފޯޑާ ގުޅުނީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އެ އަށް ފަހު 2018 ވަނަ އަހަރުގެ އޮކްޓޫބަރުން މިދިޔަ ސީޒަންގެ ނިޔަލަށް އެ ޓީމްގެ ހެޑް ކޯޗުގެ މަގާމުގައި ހުރީ އޭނާ އެވެ.
ތަށި ހޯދައިދިން ކޯޗު ވަކިކުރުމުން ޓޮޓެންހަމަށް ނުރުހުން
ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި
ފައިނަލުގެ ކުރިން ޓޮޓެންހަމަށް އަނިޔާގެ މައްސަލަ
ޔޫރަޕްގެ ފައިނަލަށް ދިޔަ އިނގިރޭސި ޓީމުތައް ބަލިވެއްޖެ
ދަށް ސީޒަނެއްގައި ޔުނައިޓެޑާއި ސްޕާސް ޔޫރޮޕާ ފައިނަލަށް
ޗެލްސީ އާއި ޔުނައިޓެޑް ވެސް ފައިނަލަކާ ގާތަށް
ހުތުރުކޮށް ވެސް މުހިއްމީ މޮޅުވުން: މަރެސްކާ
އާސެނަލް އަނެއްކާ ވެސް ޗެމްޕިއަނުންގެ ރޭހަށް
ލިވަޕޫލް ބަލިވެއްޖެ، ވެންޑައިކަށް ގޯސްވީ ރެފްރީ
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް