Roadha Mihaaru

ލިޔޯން ރެލިގޭޝަނުން ސަލާމަތްވެ، ޕެލަސް އަށް ހާސްކަން

ލިޔޯން (ޖުލައި 9) - ފްރާންސްގެ ލިޔޯން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރަން ފްރާންސް ފުޓްބޯޅައިގެ ކްލަބްތަކުގެ މާލީ ކަންކަން ބަލަހައްޓާ ގައުމީ ކޮމިޓީން ނިންމި ނިންމުމުގެ އިސްތިއުފާނު ކާމިޔާބުކޮށް އެ ކްލަބަށް އަންނަ ސީޒަނުގައި ވެސް ފްރާންސްގެ އެއް ވަނަ ޑިވިޝަނުގައި ދެމި އޮވެއްޖެ އެވެ.

ލިޔޯން ރެލިގޭޓް ކޮށްލަން ނިންމީ އެ ކްލަބުގެ 541 މިލިއަން ޔޫރޯ (634 މިލިއަން ޑޮލަރުގެ) ދަރަންޏެއް އޮވެ، ކުޅުންތެރިންނަށް ބޮޑެތި މުސާރަތައް ދޭތީ އެވެ.

ރެލިގޭޝަނުން ސަލާމަތް ވާން ލިޔޯން ވަނީ 100 މިލިއަން ޔޫރޯ ހޯދައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ގެރެންޓީގެ ގޮތުގައި އިތުރު 100 މިލިއަން ޔޫރޯ ބަހައްޓައިފަ އެވެ.

ކުލަބުގެ މާލީ ކަންކަން ހަމަޔަކަށް އެޅުވުމުގެ ގޮތުން ލިޔޯންގެ ރައީސް ޖޯން ޓެކްސްޓާ ވަނީ މަގާމު ދޫކޮށްލައިފަ އެވެ. އަދި މިހާރު އެ ކްލަބްގެ ރައީސްގެ މަގާމުގައި ހުރީ މިކޭލޭ ކަންގް އެވެ.

ޖޯން ޓެކްސްޓާ، ކްރިސްޓަލް ޕެލަސްގެ އޭނާގެ ހިއްސާ މިހާރު ވަނީ ވިއްކާލައިފަ.--

ޖޯން ޓެކްސްޓާ، ކްރިސްޓަލް ޕެލަސްގެ އޭނާގެ ހިއްސާ މިހާރު ވަނީ ވިއްކާލައިފަ.--

އިސްތިއުނާފްގެ މައްސަލަ ނާކާމިޔާބު ވެގެން ލިޔޯން ރެލިގޭޓް ވެއްޖެ ނަމަ ޔޫރޮޕާ ލީގު ނުކުޅެވޭނެ ކަމަށް ޔޫއެފާއިން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ލީގުގެ ހަ ވަނައިގައި ނިންމައިގެން ޔޫރޮޕާ ލީގުގެ ޖާގައެއް ވެސް ހޯދާފައިވާ ލިޔޯން، ރެލިގޭޝަނުން ސަލާމަތް ވުމާ އެކު އެ ޓީމު ޔޫރޮޕާ ލީގު ކުޅޭނެ ކަން މި ވަނީ ޔަގީން ވެފަ އެވެ.

ލިޔޯން ރެލިގޭޝަނުން ސަލާމަތް ވުމުން، އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރި ކްރިސްޓަލް ޕެލަސް އަށް ވަނީ އޯނާޝިޕްގެ މައްސަލައިގައި ޔޫރޮޕާ ލީގު ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިފަ އެވެ.

ކްރިސްޓަލް ޕެލަސް ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ކާމިޔާބުކޮށްގެން ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދައިފަ.-- ފޮޓޯ: އޭއެފްޕީ

ކްރިސްޓަލް ޕެލަސް ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ކާމިޔާބުކޮށްގެން ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދައިފަ.-- ފޮޓޯ: އޭއެފްޕީ

ޖޯން ޓެކްސްޓާ އަކީ ޕެލަސްގެ މެޖޯރިޓީ ހިއްސާދާރެކެވެ. މި މައްސަލައިގައި ކުލަބަށް ދިމާވެދާނެ ގެއްލުމަށްޓަކައި ޓެކްސްޓާ ވަނީ މީގެ ދެ ހަފްތާ ކުރިން ކްރިސްޓަލް ޕެލަސްގެ 43 ޕަސެންޓް ހިއްސާ، 190 މިލިއަން ޕައުންޑަށް (254 މިލިއަން ޑޮލަރަށް) ނިއުޔޯކް ޖެޓްސްގެ އޯނަރު ވުޑީ ޖޯންސަން އަށް ވިއްކާލައިފަ އެވެ. ނަމަވެސް ޕްރިމިއާ ލީގުން މި ޑީލް އަދި ރިވިއު ކޮށްފައެއް ނުވެ އެވެ.

މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ކަޕް ކާމިޔާބު ކުރި ޕެލަސް، ލީގު ނިންމާލާފައި ވަނީ ތާވަލްގެ 12 ވަނައިގަ އެވެ. ޔޫރޮޕާ ލީގު ކުޅުމުގެ ފުރުސަތު ޕެލަސް އަށް ގެއްލިއްޖެ ނަމަ، އެ ޓީމު ދެން ކުޅޭނީ އަންނަ ސީޒަންގެ ކޮންފަރެންސް ލީގުގަ އެވެ.