Roadha Mihaaru

ލިޔޯން ސަލާމަތް ކުރަން ޕީއެސްޖީން އެހީގެ އަތެއް

ޕެރިސް (ޖޫން 29) - މާލީ މައްސަލަތަކަކާ ގުޅިގެން ދެ ވަނަ ޑިވިޝަނަށް ވަގުތީ ގޮތުން ރެލިގޭޓްކޮށްފައިވާ ފްރާންސްގެ ލިޔޯން އަށް އެހީތެރި ވުމުގެ ގޮތުން ޕީއެސްޖީން، ލިޔޯން އިން ގެންދިޔަ ފޯވާޑް ބްރެޑްލީ ބާކޮލާގެ ޓްރާންސްފާ ފީ އެއްކޮށް ދައްކައިދީފި އެވެ.

ލިޔޯން ސަލާމަތް ކުރަން ޕީއެސްޖީން އެހީގެ އަތެއް

ޕެރިސް (ޖޫން 29) - މާލީ މައްސަލަތަކަކާ ގުޅިގެން ދެ ވަނަ ޑިވިޝަނަށް ވަގުތީ ގޮތުން ރެލިގޭޓްކޮށްފައިވާ ފްރާންސްގެ ލިޔޯން އަށް އެހީތެރި ވުމުގެ ގޮތުން ޕީއެސްޖީން، ލިޔޯން އިން ގެންދިޔަ ފޯވާޑް ބްރެޑްލީ ބާކޮލާގެ ޓްރާންސްފާ ފީ އެއްކޮށް ދައްކައިދީފި އެވެ.

ޕީއެސްޖީން އުމުރުން 22 އަހަރުގެ ފޯވާޑް ލިޔޯން އިން ގަތީ 50 މިލިއަން ޔޫރޯގެ އަގަކަށެވެ. މި ފީ ދައްކާ ގޮތަށް ހަމަޖެހިފައި އޮތީ ބައިބަޔަށް ބަހާލައިގެންނެވެ. ނަމަވެސް ރެލިގޭޝަނުން ސަލާމަތްވެ އަންނަ ސީޒަންގައި އެއް ވަނަ ޑިވިޝަނުގައި ދެމިއޮންނަން ލިޔޯން އިން ކުރަމުން އަންނަ މަސައްކަތުގައި ޕީއެސްޖީގެ ވެރިޔާ ގަތަރުގެ ނާސިރު އަލް ޚަލައިފީ މިވަނީ އެހީގެ އަތެއް ދިއްކޮށްލައިފަ އެވެ. އެގޮތުން އެ ފައިސާ ކުރީ ބައިގައި އެއްކޮށް ދެއްކުމުން ލިޔޯނަށް އެ ޓީމުގެ ހިސާބުތައް ރަނގަޅުކުރަން ފުރުސަތު ލިބޭނެ އެވެ.

ފްރާންސް ފުޓްބޯޅައިގެ ކްލަބްތަކުގެ މާލީ ކަންކަން ބަލަހައްޓާ ގައުމީ ކޮމިޓީން މިދިޔަ ހަފްތާ ލިޔޯން ރެލިގޭޓް ކޮށްލިކަން އިއުލާން ކުރީ 175 މިލިއަން ޔޫރޯގެ ދަރަންޏަކާ ގުޅިގެން، މާލީ ގެރެންޓީ ނުދެވިގެންނެވެ.

ނަމަވެސް ލިޔޯން އަންނަނީ ހާލަތު ރަގަޅުކޮށް، މައްސަލަ އެޕީލް ކުރަން ތައްޔާރު ވަމުންނެވެ. ކާމިޔާބު ވެއްޖެ ނަމަ އަންނަ ސީޒަންގައި ވެސް އެ ޓީމަށް އެއް ވަނަ ޑިވިޝަންގައި ދެމި އޮތުމުގެ ފުރުސަތު ލިބޭނެ އެވެ. ކާމިޔާބު ނުވެއްޖެ ނަމަ ލިޔޯންގެ ބަދަލުގައި ފްރާންސް ލީގު ވަން ކުޅޭނީ، މިދިޔަ ސީޒަންގެ ރެލިގޭޝަން ޕްލޭއޮފް އިން ބަލިވި ރެމްސް އެވެ.

ދެ ވަނަ ޑިވިޝަނަށް ވަގުތީގޮތުން ރެލިގޭޓް ކޮށްލާފައި ވީ ނަމަވެސް ލިޔޯން ހިމަނައިގެން ލީގު ވަންގެ އަންނަ ސީޒަނުގެ ޝެޑިއުލް ވަނީ އާއްމުކޮށްފަ އެވެ.

ލިޔޯން ވަނީ ލީގުގެ ހަ ވަނަ ހޯދައިގެން އަންނަ ސީޒަންގެ ޔޫރޮޕާ ލީގަށް ވެސް ކޮލިފައިވެފަ އެވެ.

އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކޮށްގެން ޔޫރޮޕާ ލީގަށް ކޮލިފައިވި ކްރިސްޓަލް ޕެލަސްގެ ވެސް މެޖޯރިޓީ ހިއްސާ އޮންނަނީ ލިޔޯންގެ ވެރިޔާ، އެމެރިކާގެ ޖޯން ޓެކްސްޓާ އަތުގަ އެވެ.

ޓެކްސްޓާ ވަނީ މިދިޔަ ހަފްތާ ޕެލަސްގެ 43 ޕަސެންޓް ހިއްސާ ވިއްކާލައިފަ އެވެ. ނަމަވެސް ޕްރިމިއާ ލީގުން އަދި މިކަން ފާސް ކޮށްފައެއް ނުވެ އެވެ. ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެކަކުގެ މެޖޯރިޓީ ހިއްސާ އޮންނަ ދެ ކްލަބަކަށް ޔޫއެފާގެ މުބާރާތެއްގައި އެކުގައި ނުކުޅެވޭނެ އެވެ.