ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކްލަބް ދޫކޮށްލި ފުރަތަމަ ސީޒަނުގައި މެޗަކުން ބަލި ނުވެ، ބާކީ ހަ މެޗު އޮއްވާ ޕީއެސްޖީ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކްލަބް ދޫކޮށްލި ފުރަތަމަ ސީޒަނުގައި މެޗަކުން ބަލި ނުވެ، ބާކީ ހަ މެޗު އޮއްވާ ޕީއެސްޖީ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
ޕީއެސްޖީ ޗެމްޕިއަންކަން ކަށަވަރު ކުރީ ރޭ އޯޖާސްއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މި ސީޒަނުގައި 50 މިލިއަން ޔޫރޯ އަށް ގެނައި ޑިޒަޔާ ޑޫއޭ އެވެ.
މިއީ ޕީއެސްޖީ ލީގު ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. ރޭގެ މޮޅާ އެކު ޕީއެސްޖީ ވަނީ 28 މެޗުން 74 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދާފައިވާ މޮނާކޯ އެވެ.
ފާއިތުވި ހަތް ސީޒަންގައި ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެމްބާޕޭ ވަނީ މި ސީޒަންގައި ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ފާއިތުވި ހަ ސީޒަންގައި ވެސް ޕީއެސްޖީގެ ޓޮޕް ސްކޯރާ އެމްބާޕޭ ވަނީ އެޓީމާ އެކު ހަ ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. އޭނާ ޕީއެސްޖީ ދޫކޮށްލީ އެ ޓީމަށް ކުޅެދިން 308 މެޗުން 256 ގޯލލު ޖަހައި 98 އެސިސްޓް ކޮށްދީފަ އެވެ.
"އަހަރެން ބުނެދީފައި ވާނީ އެއް ކުޅުންތެރިއަކު 40 ގޯލު ޖެހުމަށް ވުރެ އަހަރެން ބޭނުމީ ހުރިހާ ކުޅުންތެރިން ވެގެން ގިނަ ގޯލުތަކެއް ޖަހަން ކަން،" ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.
މި ސީޒަނުގައި ޕީއެސްޖީގައި އެންމެ ވިދުން ގަދަ އެއް ކުޅުންތެރިއަކީ އުސްމާން ޑެމްބެލޭ އެވެ. އޭނާ ވަނީ މިހާތަނަަށް ކުޅުނު 40 މެޗުން 32 ގޯލު ޖަހައި ހަތް އެސިސްޓް ކޮށްފަ އެވެ.
މި ސީޒަނުގައި ޕީއެސްޖީ އަދި ޑޮމެސްޓިކް މެޗަކުން ބައްޔެއް ނުވެ އެވެ. ލީގުގައި ފަސް މެޗުން އެއްވަރު ވެފައި ވާއިރު ދެން އެއްވަރުވީ ފްރެންޗް ކަޕުގެ ފުރަތަމަ މެޗެވެ. ކަޕުގައި ޕީއެސްޖީ މިހާރު އޮތީ އަންނަ މަހު ކުޅޭ ފައިނަލަށް ވެސް ތައްޔާރު ވެފަ އެވެ.
ޕީއެސްޖީ އަށް މި ސީޒަނުގައި ދެން އެންމެ ބޮޑު މަސައްކަތަކަށް އޮންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ކުއާޓާ ފައިނަލްގައި އެޓީމު ނުކުންނާނީ އިނގިރޭސި ކްލަބް އެސްޓަން ވިލާއާ ދެކޮޅަށެވެ. ވިލާއާ ދެކޮޅަށް ފުރަތަމަ ލެގުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި އަންނަ ބުދަ ދުވަހުގެ ރޭ ނުކުންނާނެ އެވެ.
ޕީއެސްޖީ، ފްރާންސް ލީގުގައި ރެކޯޑަކާ ދިމާލަށް
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން
އަހަރެން ކުޅެނީ ތާރީހުން ޖާގަ ހޯދަން: އެމްބާޕޭ
އުނދަގޫ މޮޅެއް، މެސީ، ނޭމާ، އެމްބާޕޭ ވެސް ގޯލުޖެހި
މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ކުރިއަށް
މެސީ ނުލައި ޕީއެސްޖީ އެއްވަރު، ރާމޯސް އަށް ރަތެއް