30 އޮކްޓޯބަރ 2022
ޕެރިސް (އޮކްޓޫބަރު 30) - ޕީއެސްޖީ އިން ފްރާންސް ލީގުގައި ފަހަތުން އަރައި 4-3 އިން ޓައިރޯންސް ބަލިކުރި މެޗުގައި ލިއޮނެލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ ވެސް ލަނޑު ޖަހައިފި އެވެ.
ޕެރިސް (އޮކްޓޫބަރު 30) - ޕީއެސްޖީ އިން ފްރާންސް ލީގުގައި ފަހަތުން އަރައި 4-3 އިން ޓައިރޯންސް ބަލިކުރި މެޗުގައި ލިއޮނެލް މެސީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ ވެސް ލަނޑު ޖަހައިފި އެވެ.
ޓައިރޯންސް އިން ލީޑު ނެގީ ތިން ވަނަ މިނިޓުގައި މާމާ ބަލްޑޭ ޖަހައިދިން ގޯލުންނެވެ. ނަމަވެސް 24 ވަނަ މިނިޓުގައި ނޭމާ ދިން ޕާހެއް ހޯދައި ޕީއެސްޖީ އަށް އެއްވަރު ކޮށްދިން ލަނޑު ކާލޯސް ސޮލާ ޖެހީ ކީޕަރު ކައިރިން ނައްޓާފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ޓައިރޯންސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވެސް ބަލްޑޭ އެވެ. މި ފަހަރު ޕީއެސްޖީ އިން އެއްވަރުކުރަން މާ ގިނައިރެއް ނުނެގި އެވެ. ތިން މިނިޓު ފަހުން ހާފުގެ މެދަކާ ހަމައިން ސާޖިއޯ ރާމޯސް ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި މެސީ ވަނީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.
މެޗުގެ 62 ވަނަ މިނިޓުގައި ޕީއެސްޖީ އިން ފުރަތަމަ ފަހަރަށް ލީޑު ނެގީ ނޭމާ ޖަހައިދިން ގޯލުންނެވެ. ނޭމާ މި ލަނޑޫ ޖެހީ މެސީ ދިން ތުރޫ ޕާހެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ޕީއެސްޖީގެ ހަތަރުވަނަ ލަނޑު އެމްބާޕޭ ޖަހައިދިނީ ޕެނަލްޓީއަކުންނެވެ. މެޗުގެ 77 ވަނަ މިނިޓުގައި އޭނާ ކާމިޔާބުކުރި ޕެނަލްޓީއަކީ ޓައިރޯންސްގެ ގޯލްކީޕަރު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައިދިން ސޮލާ އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ.
ޓައިރޯންސް އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 88 ވަނަ މިނިޓުގައި ޖަހައިދިނީ އަންޓޭ ޕަލަވާސާ އެވެ.
އެމްބާޕޭ ވަނީ މި ސީޒަންގައި މިހާތަނަށް 17 ލަނޑު ޖަހައިފަ އެވެ. ނޭމާ 14 ލަނޑު ޖަހައިފައި ވާއިރު، މެސީ ވަނީ 12 ލަނޑު ޖަހައިފަ އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ މެޗަކުން ބަލިނުވެ، 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ޕޮއިންޓް ފަހަތުގައި، ލީގު ދެވަނައިގައި އޮތް ލެންސް ވަނީ ރޭ 3-0 އިން ތޫލޫސް ބަލި ކޮށްފަ އެވެ.
ފްރާންސް ލީގުގައި މާސޭ ރަށުން ބޭރުގައި ރޭ ސްޓްރާސްބޯގާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ތޭރަ މެޗުން 24 ޕޮއިންޓް ހޯދައިގެން މާސޭ އޮތީ ފަސް ވަނައިގަ އެވެ.
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް
މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ކުރިއަށް
މެސީގެ މޮޅު ހިލޭޖެހުމާއެކު ޕީއެސްޖީ އެއްވަނަ އަށް
ނަންޓްސް ކޮޅަށް އެމްބާޕޭގެ ދެލަނޑު ޖަހަން އެހީވީ މެސީ
މެސީގެ އެހީއާއެކު އެމްބާޕޭ ލީގު ރެކޯޑަކާ އެއްވަރުކޮށްފި
ނޭމާ އާއި އެމްބާޕޭ އަށް ވެސް ހެޓްރިކެއް
މެސީ، ނޭމާ އަދި އެމްބާޕޭގެ ލަނޑުތަކުން މޮޅުވެއްޖެ