04 އެޕްރީލް 2022
ޕެރިސް (އޭޕްރީލް 4) - ލިއޮނެލް މެސީ އާއި ނޭމާ އަދި އެމްބާޕޭ އެއް މެޗެއްގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިން ފުރަތަމަ މެޗުން 5-1 އިން ލޮރިއެންޓް އަތުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
ޕެރިސް (އޭޕްރީލް 4) - ލިއޮނެލް މެސީ އާއި ނޭމާ އަދި އެމްބާޕޭ އެއް މެޗެއްގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިން ފުރަތަމަ މެޗުން 5-1 އިން ލޮރިއެންޓް އަތުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.
ފްރާންސް ލީގުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި، މެސީ އާއި އެމްބާޕޭ އަދި ނޭމާގެ ކޮމްބިނޭޝަނާ އެކު، ތަނަވަސް ކޮށްދިން ފުރުސަތަކުން ފުރަތަމަ ލަނޑު ޖަހައިދިނީ ނޭމާ އެވެ. އޭގެ ފަހުން އިދްރީސާ ގާނާ ގޭއި ދިން ބޯޅައަކުން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ޕީއެސްޖީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ތެރެމް މަފީ ވަނީ، ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ލޮރިއެންޓަށް، ލަނޑު ޖަހައިދީފަ އެވެ. ނަމަވެސް މެޗުގެ 67 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި އެމްބާޕޭ ވަނީ އަލުން ދެ ގޯލުގެ ލީޑެއް ޕީއެސްޖީ އަށް ނަގައިދީފަ އެވެ. އޭނާ މި ލަނޑު ޖެހީ އަޝްރަފް ހަކީމީ ދިން ބޯޅައަކުން އޭރިއާ ލައިން މަތީ ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލު ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. މިއީ އޭނާ ލީގުގައި ޖެހި 17 ވަނަ ލަނޑެވެ.
ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ މެސީ އެވެ. އެމްބާޕޭ ދިން ބޯޅައަކުން މެސީ ފޮނުވާލި ހަމަލާ ގޯލުތެރަށް ފޮނުވާލީ ހުރަސް ދަނޑީގައި ޖައްސާލައިފަ އެވެ. މިއީ މެސީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ޖެހި ތިންވަނަ ލަނޑެވެ. ނަމަވެސް އޭނާ ވަނީ 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
އެންމެ ފަހު ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި ޖެހީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ނޭމާ އެވެ. ނޭމާ މި ލަނޑު ވެސް ޖެހީ އެމްބާޕޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ ވަނީ އެއްވަނައިގައި އެޓީމު ހޯދާފައިވާ 12 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. ޕީއެސްޖީ ވަނީ މިހާތަނަށް ކުޅުނު 30 މެޗުން 68 ޕޮއިންޓް ހޯދައިފަ އެވެ.
ލީގު ދެވަނައިގައި އޮތް މާސޭ ވަނީ ރޭ ސެއިންޓް އެޓިއެން އަތުން 4-2 އިން މޮޅުވެފަ އެވެ.
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް
އުނދަގޫ މޮޅެއް، މެސީ، ނޭމާ، އެމްބާޕޭ ވެސް ގޯލުޖެހި
ނޭމާ އާއި އެމްބާޕޭ އަށް ވެސް ހެޓްރިކެއް
އެމްބާޕޭގެ ދެގޯލުން މޮޅުވެ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
މެސީ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ކުރިއަށް
މެސީގެ މޮޅު ހިލޭޖެހުމާއެކު ޕީއެސްޖީ އެއްވަނަ އަށް
ނަންޓްސް ކޮޅަށް އެމްބާޕޭގެ ދެލަނޑު ޖަހަން އެހީވީ މެސީ