ލަންޑަން (އޭޕްރީލް 27) - އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި 3-0 އިން އެސްޓަން ވިލާ ބަލިކޮށް ކްރިސްޓަލް ޕެލަސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލަންޑަން (އޭޕްރީލް 27) - އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި 3-0 އިން އެސްޓަން ވިލާ ބަލިކޮށް ކްރިސްޓަލް ޕެލަސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރަނގަޅު ފޯމެއްގައި އޮތް އެސްޓަން ވިލާ ކޮޅަށް ޕެލަސްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ އެބެރޭޗީ އެޒީ އެވެ. މި ހާފުގައި ލީޑު ފުޅާ ކުރަން ލިބުނު ޕެނަލްޓީއެއް ޖިއާން ފިލިޕޭ މަޓޭޓާ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ފަހު ހާފުގައި ޕެލަސްގެ ލަނޑުތައް ޖަހައިދިނީ އިސްމާއިލާ ސާ އެވެ. ފަހު ލަނޑު އޭނާ ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.
ޕެލަސް ވަނީ މި ސީޒަނުގެ ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅެފަ އެވެ. ކުއާޓާ އަށް ދިޔައީ ވެސް އެސްޓަން ވިލާ ބަލިކޮށްގެންނެވެ. ރޭގެ ސެމީ ފައިނަލްގެ ކުރިން ޕެލަސް ވަނީ އިނގިރޭސި ލީގުގައި އާސެނަލްއާ އެއްވަރު ކޮށްފަ އެވެ.
އިނގިރޭސި ލީގުގައި އެސްޓަން ވިލާ ހަތްވަނައިގައި އޮތް އިރު، ކްރިސްޓަލް ޕެލަސް އޮތީ 12 ވަނައިގަ އެވެ. އެފްއޭ ކަޕް ކާމިޔާބު ކުރާ ކްލަބަކަށް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ޖާގައެއް ޔަގީން ވާނެ އެވެ.
މިއީ ކްރިސްޓަލް ޕެލަސް ފައިނަލް ކުޅޭނެ ތިންވަނަ ފަހަރެވެ. ނަމަވެސް އަދި ކާމިޔާބުކުރެވޭ ގޮތެއް ނުވެ އެވެ. އެންމެ ފަހުން ކުޅުނީ 2016 ވަނަ އަހަރެވެ. އޭގެ ކުރިން 1990 ވަނަ އަހަރުގެ ފައިނަލުން ވެސް ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.
މި އަހަރުގެ ފައިނަލްގައި ކްރިސްޓަލް ޕެލަސް ވާދަ ކުރާނީ މެންޗެސްޓާ ސިޓީ އާއި ނޮޓްނަމް ފޮރެސްޓް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސިޓީ އާއި ފޮރެސްޓް ބައްދަލުކުރާ ސެމީ ފައިނަލް މިރޭ ކުޅޭނެ އެވެ.
ތިން މެޗުގައި ވެސް ޕެނަލްޓީން މޮޅުވެ ފޮރެސްޓް ސެމީއަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ވިލާ، 8 އަހަރުތެރޭ އެފްއޭ ކަޕްގައި ފުރަތަމަ މޮޅު
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ޗެލްސީ ޖެހިޖެހިގެން ތިންވަނަ އެފްއޭ ކަޕް ފައިނަލަށް
ޗެލްސީއާ ދެކޮޅަށް ޕެލަސްގެ ގަލެގާ ނުކުޅުވަން އަންގައިފި
ޕެލަސް އަތްދަށުވެ، ލަމްޕާޑުގެ ނުރުހުން ކުޅުންތެރިންނަށް
އެރިކްސަން ފުރަތަމަ 11 ގައި، ބްރެންޓްފޯޑް މޮޅުވެއްޖެ
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ކުޅޭނީ މިޑްލްސްބަރާއާ