17 އެޕްރީލް 2022
ލަންޑަން (އޭޕްރީލް 17) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އާއި ޗެލްސީ މިރޭ ކުޅޭ މެޗުގައި ޕެލަސްގެ މިޑްފީލްޑަރު ކޯނާ ގަލެގާ ލައްވައި ނުކުޅުވަން ޗެލްސީން އަންގައިފި އެވެ.
ލަންޑަން (އޭޕްރީލް 17) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސް އާއި ޗެލްސީ މިރޭ ކުޅޭ މެޗުގައި ޕެލަސްގެ މިޑްފީލްޑަރު ކޯނާ ގަލެގާ ލައްވައި ނުކުޅުވަން ޗެލްސީން އަންގައިފި އެވެ.
ނަމަވެސް، ޗެލްސީގެ ލޯނު އެއްބަސްވުމުގެ ދަށުން ޕެލަސް އަށް ކުޅެމުން އަންނަ ގަލެގާ ލައްވައި ނުކުޅުވަން އެންގުނީތީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މާފަށް އެދިފަ އެވެ. ސްޓެމްފޯޑް ބްރިޖުގައިި އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ފެންވަރު ސާބިތުކޮށްދޭން ގަލެގާ ހުރީ ބޭނުންވެފައި ކަމަށް ޓުޗެލް ބުންޏެވެ. އެކަން ޗެލްސީން ހުއްޓުވުުމުން އޭނާ މާޔޫސްވެފައި ހުރިކަން ވެސް ޓުޗެލް ފާހަގަކުރި އެވެ.
"ކޯނާ [ގަލެގާ] އާ ވާހަކަ ދެއްކުމުގެ ފުރުސަތު އަހަންނަށް ލިބުނު. އަހަންނަށް ފެނުނު އޭނާ މާޔޫސްވެފައި ހުރިތަން،" ޗެލްސީއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް އެންގިކަން ހާމަކޮށް ޓުޗެލް ބުންޏެވެ.
"އިންޓަނޭޝަނަލް ބްރޭކްގައި އަހަރެން އޭނާއާ ބައްދަލުކޮށް ވާހަކަ ދެއްކިން. އަހަރެން ބުނިން އަހަންނަށް އެނގެއޭ ކޯނާ އަކީ ކިހާ ވަދަވެރި ކުޅުންތެރިއެއްކަން."
ޓުޗެލް ބުނީ ޕެލަސްގެ ކޯޗު ޕެޓްރިކް ވިއޭރާ ވެސް އެކަމާ ކަންބޮޑުވާނެވަރު އޭނާ އަށް އެނގޭ ކަމަށެވެ.
"ލޯން އެއްބަސްވުމެއް ހަދާއިރު އަހަރެމެންގެ ގަވާއިދުތައް ވަރަށް ސާފު. އެކަމަކު އަހަރެމެން ބޭނުމެއް ނެތް އަހަރެމެން ހަދާ ގަވާއިދަކުން އަހަރެމެންނަށް ގެއްލުންވާ ކަށެއް،" ޓުޗެލް ބުންޏެވެ.
ގަލެގާ، 22، ވަނީ މި ސީޒަންގައި ޕެލަސްގައި އަށް ލަނޑު ޖަހައިފަ އެވެ. އަދި އިތުރު ފަސް ލަނޑު ޖަހަން އޭނާ ފުރުސަތު ތަނަވަސްކޮށްދިނެވެ. މިދިޔަ ނޮވެމްބަރު މަހު އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ލިބުނު ގަލެގާ އަންނަ ސީޒަންގައި ޗެލްސީ އަށް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ޓުޗެލް ބުންޏެވެ.
ޗެލްސީ އާއި ޕެލަސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8:30 ގަ އެވެ. މިރޭގެ މެޗަށް ރޮމެލޫ ލުކާކޫ ވަނީ ފިޓްވެފަ އެވެ. ސައުތުހެމްޓަން އާއި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ބައިވެރި ނުވެވުނެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލުން ފައިނަލްގެ ޖާގަ ހޯދީ މެންޗެސްޓާ ސިތީ ބަލިކޮށްފަ އެވެ.
ޗެލްސީ ޖެހިޖެހިގެން ތިންވަނަ އެފްއޭ ކަޕް ފައިނަލަށް
ސިޓީ ބަލިކޮށް، ޗެލްސީ ފައިނަލަށް
ޔުނައިޓެޑުން އާސެނަލްގެ އެފްއޭ ކަޕް ރެކޯޑާ ހަމަކޮށްފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް
ލެސްޓާގެ ހުއްދައާއެކު ޗެލްސިން މަރެސްކާއާ ވާހަކަދައްކަނީ
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ޕޮޗެޓީނޯ ވަކިވެއްޖެ، ޗެލްސީން ބޭނުމީ އިޕްސްވިޗްގެ ކޯޗު