ޗެލްސީގެ ޖޯޒީގެ ކުރިމަތިފަޅީގައި އިސްތިހާރު ޖަހަން 100 މިލިއަން ޑޮލަރަށް ޑިމާންޑް މަތިވެއްޖެ އެވެ.
20 ޖުލައި 2025
ޗެލްސީގެ ޖޯޒީގެ ކުރިމަތިފަޅީގައި އިސްތިހާރު ޖަހަން 100 މިލިއަން ޑޮލަރަށް ޑިމާންޑް މަތިވެއްޖެ އެވެ.
ޓެލެގްރާފް ނޫހުން ބުނީ މިދިޔަ ސީޒަނުގައި ދެ ކުންފުންޏަކާ އެކު ޗެލްސީން ވާހަކަ ދެއްކި ކަމަށެވެ. އޭރު އެ ދެ ކުންފުނިން ވެސް ހުށަހެޅީ އަހަރަކު 53 މިލިއަން ޑޮލަރު ދިނުމަށް ކަމަށް، އެ ނޫހުން ރިޕޯޓް ކުރި އެވެ. އެކަމަކު އެ ދެ ކުންފުންޏާ އެކު ވެސް އޭރު ދެއްކި ވާހަކަތައް ޗެލްސީން މަޑުޖައްސާލި އެވެ.
މިހާރު އަނެއްކާ ވެސް އެ ދެ ކުންފުނީގެ ޕްރަޕޯސަލް ޗެލްސީގެ މާކެޓިންގެ ޑިޕާޓްމެންޓްގެ މޭޒު މަތީގައި އެބައޮތެވެ. މިފަހަރު އެ ދެ ކުންފުނިން ވެސް ވަނީ ޗެލްސީ އަށް ދޭން ހުށަހަޅާ އަގު 80 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ.
ޓެލެގްރާފް ނޫހުން ބުނިގޮތުގައި ޗެލްސީގެ ޖޯޒީގައި އިސްތިހާރު ޖެހުމުގެ ޑިމާންޑް މަތިވީ މި މަހު ނިމިގެން ދިޔަ ކްލަބް ވޯލްޑް ކަޕް އެ ޓީމުން ކާމިޔާބު ކުރުމުންނެވެ. ކުރިއަށް އޮތް ހަތަރު އަހަރަށް ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ދެމިއޮންނާނީ ޗެލްސީ އެވެ. އެ ޓީމު އޮތީ ޗެމްޕިއަންސް ލީގު ކޮލިފައިންގަ އެވެ.
ޗެލްސީގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ ޓެލެގްރާފުން ބުނީ އެ ކްލަބުން ދުނިޔޭގެ ވަރުގަދަ ހަތް ކުންފުންޏަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަންވާއިރަށް އެއިން ކުންފުންޏަކާ އެކު އެއްބަސްވުމަށް އާދެވިދާނެކަމަކަށް ލަފާ ނުކުރެވޭ ކަމަށް އެ ނޫހުން ބުންޏެވެ.
ޗެލްސީގެ ބްރޭންޑް ވެލިއު މަތިވެފައިވާ ވަގުތެއްގައި އެ ކްލަބްގެ ޖޯޒީގައި ސްޕޮންސާ ޖަހަން އޮތް ޑިމާންޑާ އެކު އެ އަގު އަހަރަކު 100 މިލިއަން ޑޮލަރަށް ވެސް އަރާފާނެ ކަމަށް ޓެލެގްރާފަށް މައުލޫމާތު ދިން އޮފިޝަލް ބުނެފައި ވެއެވެ.
ކްލަބްގެ ޖޯޒީގައި މައި އިސްތިހާރު ޖަހައިގެން އެންމެ ގިނަ ފައިސާ ހޯދަނީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ބާސެލޯނާ އެވެ. އެ ތިން ކްލަބަށް ވެސް އަހަރަކު 70 މިލިއަން ޑޮލަރު ޖޯޒީގެ މައި ސްޕޮންސާގެ އަތުން ލިބެ އެވެ. ބާސާ އަށް އެ އަދަދު ލިބެނީ އެ ކްލަބްގެ ސްޓޭޑިއަމްގެ ނަން ވެސް "ސްޕޮޓިފައި" އަށް ވިއްކާލައިގެންނެވެ. އެ ކްލަބްގެ ޖޯޒީގެ މައި ސްޕޮންސަރަކީ ވެސް އެއީ އެވެ.
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
"ބަދަލެއް ހިފާލަން" އެންޓޮނީ ބޭނުންވޭ: ޕެލެގްރިނީ
ސްޓޭޑިއަމްގެ މައްސަލައިގައި ޗެލްސީ ރޫޅި ދާނެ
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ކީޕަރަށް ފާޑުކިޔުމުގެ ކުރިން ވިސްނާލާ: މަރެސްކާ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް