Roadha Mihaaru
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް

އެތުލެޓިކޯ އާއި ޗެލްސީއާ ދެމެދު ނިމުމެއް ނެތް މަޝްވަރާތަކެއް

13 އޯގަސްޓް 2024

ލަންޑަން (އޯގަސްޓް 13) – ކުޅުންތެރިންގް ޓްރާންސްފާއާ ގުޅިގެން ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑާ ދެމެދު އަނެއްކާ ވެސް އިތުރު މަޝްވަރާތަކެއް ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (އޯގަސްޓް 13) – ކުޅުންތެރިންގް ޓްރާންސްފާއާ ގުޅިގެން ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑާ ދެމެދު އަނެއްކާ ވެސް އިތުރު މަޝްވަރާތަކެއް ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑް ފެށުނު ފަހުން ވެސް ޗެލްސީ އާއި އެތުލެޓިކޯއާ ދެމެދު ކުޅުންތެރިން ބަދަލުކުރުމުގައި މަޝްވަރަތާކެއް ކުރިއަށް ދެ އެވެ.

އެ ދެ ކްލަބްގެ ދެމެދުގައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައީ ކޯނޭ ގަލަގާ ގުޅޭ ގޮތުންނެވެ. އިނގިރޭސި މިޑްފީލްޑަރު އެތުލެޓިކޯ އަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ ދެ ކްލަބްގެ ދެމެދުގައި ދެން މަޝްވަރާ ކުރީ އެތުލެޓިކޯގެ ސާމޫ އޮމަރާޑިއޯން ޗެލްސީ އަށް ސޮއި ކުރުވުމާ މެދު އެވެ. އޭނާގެ ޓްރާންސްފާއާ ގުޅޭ ގޮތުން ދެ ކްލަބްގެ ދެމެދުގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ.

އެކަމަކު އެ ޓްރާންސްފާ މެދު އެތުލެޓިކޯއިން އެއްބަސްނުވުމުން، އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ. އޮމަރާޑިއޯންގެ ޓްރާންސްފާ ކާމިޔާބު ނުވުމުން ޗެލްސީން އެތުލެޓިކޯއާ އެކު މިހާރު ވާހަކަ ދައްކަނީ ޔޮއާ ފެލިކްސް ސޮއި ކުރުވުމާ މެދު އެވެ.

ލޯނު އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރު ވެސް ފެލިކްސް ޗެލްސީ އަށް ކުޅުނެވެ. އޭނާ ގެންދަން ޗެލްސީން އަލުން ޝައުގުވެރިވީ ސްޓައިކަރެއް ބޭނުން ވާތީ އެވެ