Roadha Mihaaru

ސްޓޭޑިއަމްގެ މައްސަލައިގައި ޗެލްސީގެ ކޮންސޯޓިއަމް ރޫޅި ދާނެ

ޗެލްސީގެ ސްޓޭޑިއަމް ތަރައްގީ ކުރުމުގެ ޕްލޭންގައި ހިޔާލު ދެކަފިވެ، އެ ކްލަބްގެ ވެރިންގެ ކޮންސޯޓިއަމް ރޫޅިދާނެ ކަމުގެ އިޝާރާތެއް ކޯ އޯނަރު ޓޮޑް ބޮއެލީ ދިފި އެވެ.

ސްޓޭޑިއަމްގެ މައްސަލައިގައި ޗެލްސީ ރޫޅި ދާނެ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

25 މާޗް 2025

ޗެލްސީގެ ސްޓޭޑިއަމް ތަރައްގީ ކުރުމުގެ ޕްލޭންގައި ހިޔާލު ދެކަފިވެ، އެ ކްލަބްގެ ވެރިންގެ ކޮންސޯޓިއަމް ރޫޅިދާނެ ކަމުގެ އިޝާރާތެއް ކޯ އޯނަރު ޓޮޑް ބޮއެލީ ދިފި އެވެ.

މެއި 2022 ގައި ޗެލްސީގެ މިލްކިއްޔާތުގެ ކޮންޓްރޯލް ހޯދީ އެމެރިކާގެ ބިލިއަނަރު ބޮއެލީ އާއި އާއި ޓެކްނޮލޮޖީ ސިނާއަތުގެ ކުންފުނި ކްލިއާލޭކް ކެޕިޓަލްގެ ކޮންސޯޓިއަމުންނެވެ.

ބްލޫމްބާގަށް ދިން އިންޓަވިއުގައި ބޮއެލީ ބުނީ ޗެލްސީގެ ސްޓޭޑިއަމް؛ ސްޓެމްފޯޑް ބްރިޖް ތަރައްގީ ކުރުމުގެ ވިސްނުމުގައި ހުރި ހިޔާލުތަފާތުވުންތަކާ ހެދި ކޮންސޯޓިއަމް ރޫޅިދާނެ ކަމަށެވެ.

"އަހަރެމެން ހާސިލް ކުރަން މަސައްކަތް ކުރާ ކަންކަމާ މެދު ދިގު މުއްދަތަކަށް ވިސްނަން ޖެހޭ. އަހަރެމެންނަށް ސްޓޭޑިއަމް އަލުން ތަރައްގީ ކުރުމުގެ ބޮޑު ފުރުސަތެއް އެބައޮތް އެއަށް އަހަރެމެން އެބަޖެހޭ އިތުރު ކަންކަން ހިމަނަން،" ބޮއެލީ ބުންޏެވެ.

"އަހަންނަށް ހީވަނީ އެއީހެން އަހަރެމެން އެކުގައި ދެމިތިބޭނެ ނުވަތަ ވަކިވެގެންދާނެ ކަމަކީ."

އެކަމަކު އޭނާ ބުނީ ސްޓޭޑިއަމް ތަރައްގީ ކުރުމުގެ ޕްލޭނުގައި ހިޔާލު ތަފާތުވުން ހުއްޓަސް މި ވަގުތު ވެސް މަސައްކަތް ކުރަނީ އެކުގައި ދެމިތިބުމަށް ކަމަށެވެ.

"ސްޓެޓަސް ކޯ [ހިނގުމުގައި ނިޒާމުގައި ހުރި ހިޔާލުތަފަތުވުންތައް] އަހަރެންނަށް ހީވަނީ އަހަރެމެންނަށް އެއްބަޔަކު އަނެއް ބަޔަކަށް ދަސްވެއްޖެހެން އަދި އަހަރެންނަށް ހީވަނީ އަހަރެމެންނަށް ހަގީގަތުގައި ވެސް ކޮންމެ ވެސް އެއް ހިޔާލަކަށް އެކަމުގައި [ސްޓޭޑިއަމް ތަރައްގީ ކުރުމުގައި] އާދެވޭނެ ހެން،" ރިއަލް އެސްޓޭޓާއި އިންޝިއުރެންސް ސިނާއަތުގެ މަހުޖަނު ބުންޏެވެ.