31 އޯގަސްޓް 2016
ލަންޑަން (އޮގަސްޓް 31) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމި ކަމަށާއި އެ ނިންމުން ބަދަލުކުރީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މަޝްވަރާކުރުމަށް ފަހު ކަމަށް އެ ޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.
ލަންޑަން (އޮގަސްޓް 31) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމި ކަމަށާއި އެ ނިންމުން ބަދަލުކުރީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މަޝްވަރާކުރުމަށް ފަހު ކަމަށް އެ ޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.
އެތުލެޓިކޯ ދޫކޮށް 2014 ވަނަ އަހަރު ކޮސްޓާ ޗެލްސީ އަށް ސޮއިކުރީ 32 މިލިއަން ޕައުންޑަށެވެ. ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކޮސްޓާ ވަނީ މޮޅު ކުޅުމެއް ދައްކައި ލީގު ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ޗެލްސީގެ ކުޅުން ދަށްވެ، ކޮސްޓާ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ޔޫރޯ އަށް ނެގި ސްޕެއިން ސްކޮޑުން ވެސް ޖާގަ ނުލިބުނެވެ.
"އެތުލެޓިކޯ އަށް ބަދަލުވާން އުޅުނިން. އަހަރެން އެކަން ފޮރުވަން ނެތިން. އެކަމަކު ޗެލްސީގެ އާ ކޯޗު ކޮންޓޭއާ މަޝްވަރާ ކުރުމަށްފަހު އަހަރެން އެ ނިންމުން ބަދަލުކުރީ. އަހަރެންގެ ނިންމުން ބަދަލުކުރެވުމުން ވަރަށް ހިތްހަމަ ޖެހޭ،" ބްރެޒިލަށް އުފަން ކޮސްޓާ ބުންޏެވެ.
އޭނާ ބުނީ އެތުލެޓިކޯ އަކީ އަބަދުވެސް އޭނާ އަށް ހާއްސަ ކްލަބެއް ކަމަށާއި އުއްމީދުކުރަނީ ކެރިއަރު ނިންމާލުމުގެ ކުރިން އަދި އެއް ފަހަރު އެ ޓީމަށް ކުޅުމަށް ކަަމަށެވެ.
ކޮންޓޭގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ޗެލްސީ މޮޅުވެފައިވާއިރު، ކޮސްޓާ ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ދެ ލަނޑު ޖަަހައިފަ އެވެ. އަދި ސީޒަނުގެ މިހާތަނަށް ކޮސްޓާ ދެއްކި މޮޅު ކުޅުމުގެ ސަަބަބުން ސްޕެއިނުގެ ސްކޮޑުން އޭނާ އަށް އަލުން ވަނީ ޖާގަ ލިބިފަ އެވެ.
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް
އެތުލެޓިކޯ އަށް ކޮސްޓާ ވިއްކާލަން ޗެލްސީން ނިންމައިފި
ޗެލްސީ ދޫކޮށްލާނީ އެތުލެޓިކޯ އަށް ދާން: ކޮސްޓާ
ކޮސްޓާ އަލުން އެތުލެޓިކޯ އަށް ގެންދަނީ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
އެތުލެޓިކޯގެ ޓްރާންސްފާ ހަމަނުޖެހި، ގަލަގާ ޗެލްސީގައި
އެތުލެޓިކޯ އަށް ބަދަލުވާން ގަލަގާ އެއްބަސްވެއްޖެ