19 ޖުލައި 2016
މެޑްރިޑް (ޖުލައި 19) - ޗެލްސީ އަށް ކުޅޭ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަލުން އެތުލެޓިކޯ މެޑްރިޑަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.
މެޑްރިޑް (ޖުލައި 19) - ޗެލްސީ އަށް ކުޅޭ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަލުން އެތުލެޓިކޯ މެޑްރިޑަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވެއްޖެ އެވެ.
ޗެލްސީން 2014 ވަނަ އަހަރު ކޮސްޓާ ގެނައީ އެތުލެޓިކޯ އިން އޭނާ ވިއްކަން ކަނޑައެޅި އަގު ކަމަށްވާ 32 މިލިއަން ޕައުންޑް ދެއްކުމަށް ފަހު އެވެ. އެ ސީޒަނުގައި ކޮސްޓާ ވަނީ ޗެލްސީ އަށް މޮޅު ކުޅުމެއް ދައްކައި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދުމަށް އެހީތެރިވެދީފަ އެވެ.
ނަމަވެސް މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން އުމުރުން 27 އަހަރުގެ ކޮސްޓާ އަށް ގިނަ މެޗުތަކެއް ގެއްލުނުއިރު، އޭނާގެ މޮޅު ކުޅުން ފެނުނީ މަދު މެޗުތަކެއްގަ އެވެ. ކުޅުން ދަށްވުމުގެ ސަބަބުން ކޮސްޓާ އަށް ވަނީ މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރީ ސްޕެއިން ޓީމުން ވެސް ޖާގަ ނުލިބުނެވެ.
ޗެލްސީގެ ކޯޗުކަމާ އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ހަވާލުވުމަށް ފަހު ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ގެނެސްފައިވާއިރު، އިތުރު ފޯވާޑަކަށް އެޓީމުން އަންނަނީ ފާރަލަމުންނެވެ.
އެތުލެޓިކޯގެ ރައީސް ސެރޭޒޯ ވިދާޅުވީ ކޮސްޓާ ގެނައުމުގެ މަސައްކަތް އެ ޓީމުން ފަށާފައިވާ ކަމަށެވެ.
"ކޮސްޓާ އަކީ އަހަރެމެން އަބަދުވެސް ގަޔާވާ ކުޅުންތެރިއެއް. އެއްވެސް އިރެއްގައި އޭނާ ބޭނުން ނުވެޔެކޭ އަހަރެމެންނެއް ނުބުނާނަން. އަލުން ކޮސްޓާ ގެންނަން ޗެލްސީއާ އެކު މިދަނީ މަޝްވަރާ ކުރަމުން. އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމުގެ ފުރުސަތު އެބައޮތް،" ސެރޭޒޯ ވިދާޅުވި އެވެ.
ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަތުން 2-0 އިން ބަލިވިއިރު ކޮސްޓާ ވަނީ އެ މެޗުގައި ކުޅެފަ އެވެ.
އެތުލެޓިކޯ އަށް ކޮސްޓާ ވިއްކާލަން ޗެލްސީން ނިންމައިފި
ޗެލްސީ ދޫކޮށްލާނީ އެތުލެޓިކޯ އަށް ދާން: ކޮސްޓާ
އެތުލެޓިކޯ އަށް ނުދެވުނީ ކޮންޓޭއާ ހެދި: ކޮސްޓާ
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯގެ ޓްރާންސްފާ ހަމަނުޖެހި، ގަލަގާ ޗެލްސީގައި
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް
އެތުލެޓިކޯ އަށް ބަދަލުވާން ގަލަގާ އެއްބަސްވެއްޖެ
ޕޮޗެޓީނޯގެ ލިސްޓްގައި ފެލިކްސްގެ ނަމެއް ނެތް
އެތުލެޓިކޯގެ ފެލިކްސް ލޯން އުސޫލުން ޗެލްސީ އަށް
ސައުލް ޗެލްސީ އަށް، ގްރީޒްމަން އެތުލެޓިކޯ އަށް