Roadha Mihaaru

ކުރިއަށް އޮތް އެއް ގަޑިއިރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލް އާންމު ހާލަތަށް ގެނެވޭނެ: ހަލީމް

ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ހިދުމަތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ދެންމެ ވިދާޅުވެއްޖެ އެވެ.

1 ގަޑިއިރުގެތެރޭ ހޮސްޕިޓަލް އާންމު ހާލަތަށް ގެނެވޭނެ

ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ހިދުމަތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ދެންމެ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ހަލީމް "މިހާރު" އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލް އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"ކަރަންޓު ޖައްސާައިރަށް ކެނޑެނީ. އެހެންވެ، ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން މިހާރު ވަނީ ވަގުތީ ކޭބަލެއް ގުޅާފައި. އެ ކޭބަލް އަޅައި މިއަދުގެ ހެނދުނު 8:33 އިން ފެށިގެން މިދަނީ ފުލް ލޯޑުގައި ހޮސްޕިޓަލަށް ކަރަންޓު ދެމުން،" ހަލީމް ވިދާޅުވި އެވެ.

"އެހެންވީމާ، ކުރިއަށް އޮތް ގަޑިއިރެއްހާއިރުގެ ތެރޭގައި ހޮސްޕިޓަލުގެ ހިދުމަތްތައް އާންމު ހާލަތަށް ގެނެވޭނެ. އިތުރަށް ބަލަންޖެހޭ ކަންކަން ބަލަން ވަގުތުކޮޅެއް މި ނަގަނީ."

ނަމަވެސް، އޯޕީޑީ ވަގުތީގޮތުން ކްލިނިކަށް ބަދަލުކުރުމުން ފިޔަވައި، އެ ހޮސްޕިޓަލުގެ އިތުރު ހިދުމަތްތައް މި މައްސަލައާ ގުޅިގެން ބުރޫ އަރާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަރާބަރަށް ހިދުމަތްތައް އެބަދެން،" ހަލީމް ވިދާޅުވި އެވެ.