ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފި އެވެ.
17 ޖޫން 2025
ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފި އެވެ.
ފިލިޕީންސް ކޮމިއުނިޓީގެ 150 އަށް ވުރެ ގިނަ މީހުން ބައިވެރިވި މިނިވަން ދުވަހުގެ މި އިވެންޓުގައި ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސް ކުޅިވަރުތައް ކުރިއަށް ދިޔަ އެވެ. އެ ހަރަކާތުގައި ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތުގެ އެއް ވަނަ ހޯދުމަށް 70 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 12 ޓީމަކުން ބައިވެރިވި އެވެ.
މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި އޮތް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އެ ވަނަ އަށް ހުށަހެޅި 7،500ރ. ކާމިޔާބު ކުރީ "ތާސްޑޭ ކްލަބް" އެވެ. އެ ކްލަބުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާއެއް ވެސް ވަނީ ދީފަ އެވެ. އެ މުބާރާތުގެ ދެ ވަނަ ހޯދީ ވޮރިއާސް ޕީއެޗް އެވެ. އެ ޓީމަށް 4،500ރ. ގެ ފައިސާގެ އިނާމެއް ދިނެވެ. އަދި ތިން ވަނަ ހޯދި މަލިގްނޯ ޓީމަށް 3،000ރ. ގެ ފައިސާގެ އިނާމެއް ދިނެވެ.
އުރީދޫ ނޭޝަންގެ މި ހާއްސަ އެޑިޝަނަކީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ފަޚުރު ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ ދެ އެވޯޑު އުރީދޫއަށް
"ފަން ރަން"ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވަނީ
މިއަހަރުގެ "ބޮޑު ކުނބުސް" ތައްޔާރުކުރީ އުރީދޫއާއެކު
އީދު ފާހަގަކުރަން އުރީދޫން ހާއްސަ ހަރަކާތްތަކެއް
ބޮޑު އީދަށް އުރީދޫގެ ބޮޑެތި އޮފާތަކެއް
އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
ސްމޯލް ޓެލްކޯ އޮފް ދަ އިޔާގެ އެވޯޑު އުރީދޫއަށް!
އުރީދޫން ސެމްސަންގް ގަޑިއަށް އީސިމްގެ ހިދުމަތް
އިންޓަ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓަށް ހުޅުވާލައިފި
އުރީދޫން އިންޓަ ރިސޯޓު އީސްޕޯޓްސް ނިންމާލައިފި