ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑު އުރީދޫއަށް ލިބިއްޖެ އެވެ.
28 މެއި 2025
ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑު އުރީދޫއަށް ލިބިއްޖެ އެވެ.
މިއީ މި އެވޯޑު ވިދިދިގެން އެ ކުންފުންޏަށް ލިބުނު ދެ ވަނަ އަހަރެވެ.
ޓްވިމްބްޓް ޓެލެކޮމް އެވޯޑްސް އަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންއަށް ބެލެމަށް ފަހު އެކި ދާއިރާތަކުން ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުންނަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ ސްމޯލް މާކެޓްސް ކެޓަގަރީގެ ވާދަކުރަނީ ދެ މިލިއަނަށް ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓާސް އެވެ.
އުރީދޫއަށް މި އެވޯޑު ލިބުނީ ދިރާގުގެ އިތުރުން ބްރޫނާއީގެ ޑީއެސްޓީ އާއި ބޫޓާންގެ ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތަކާ ވާދަކޮށްގެންނެވެ.
ވާދަވެރިކަން ބޮޑު ކެޓަގަރީއެއްގެ ގޮތުގައި ފާހަގަކުރެވޭ އެ ކެޓަގަރީގެ އެވޯޑު އުރީދޫއަށް ލިބުނީ އެ ކުންފުނީގެ ޑިޖިޓަލް އިނޮވޭޝަނާއި އިންކްލޫސިވް ހިދުމަތްތަކާއި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތައް ފާހަގަކޮށެވެ. އަދި އެކުންފުންޏަށް އެ އެވޯޑު ކާމިޔާބުކުރެވުނީ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުމާއި، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަނާއި އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް އަދި މުޖުތަމައު ތަރައްގީކުރުމަށް ހިންގާ ކޮމިއުނިޓީ ގިނަ އިނިޝިއޭޓިވްތަކުގެ ސަބަބުން ކަމަށް އެކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެކުންފުންޏަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާ، ޖެހިޖެހިގެން ދެ ވަނަ އަހަރު އެ އެވޯޑް ލިބުމަކީ ޓީމަށް ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ އެވޯޑުން ހާމަކޮށްދެނީ އެކުންފުނިން ޑިޖިޓަލް ރާއްޖެއަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އަދި އެކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ ކުރުމަށް އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އުރީދޫން ބުނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގުތައް ނައްތާލައި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދީ ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުންކަމަށެވެ.
ފިލިޕީންސްގެ މިނިވަންދުވަހަށް އުރީދޫ ނޭޝަންގެ މުބާރާތެއް
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ ދެ އެވޯޑު އުރީދޫއަށް
"ފަން ރަން"ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވަނީ
މިއަހަރުގެ "ބޮޑު ކުނބުސް" ތައްޔާރުކުރީ އުރީދޫއާއެކު
އީދު ފާހަގަކުރަން އުރީދޫން ހާއްސަ ހަރަކާތްތަކެއް
ބޮޑު އީދަށް އުރީދޫގެ ބޮޑެތި އޮފާތަކެއް
އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އުރީދޫން ސެމްސަންގް ގަޑިއަށް އީސިމްގެ ހިދުމަތް
އިންޓަ ކޮލެޖު އީސްޕޯޓްސް ޓޯނަމަންޓަށް ހުޅުވާލައިފި
އުރީދޫން އިންޓަ ރިސޯޓު އީސްޕޯޓްސް ނިންމާލައިފި