Roadha Mihaaru

އީދު ފާހަގަކުރަން އުރީދޫން ހާއްސަ ހަރަކާތްތަކެއް

އުރީދޫން ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފި އެވެ.

އީދު ފާހަގަކުރަން އުރީދޫން ހާއްސަ ހަރަކާތްތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

06 ޖޫން 2025

އުރީދޫން ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފި އެވެ.

އުރީދޫން ކޮންމެ އަހަރެއްގެ އީދު ފާހަގަކުރަން ބާއްވާ އީދު ސައި މި އަހަރު އޮތީ ށ. މަގޫދޫގަ އެވެ. އީދު ނަމާދަށް ފަހު ބޭއްވި މި ސަޔަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން އިހުޒަމާނުއްސުރެ ހަދަމުންދާ އީދު ސައިގެ ސަގާފަތް ދިރުވުމުގެ ގޮތުން ކޮންމެ އީދެއްގައި ވެސް އުރީދޫން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އީދު ސައިގެ އިތުރުން އީދު ހަދިޔާ ބެހުމުގެ ހަރަކާތެއް ވެސް މިއަދު ހުޅުމާލެ އާއި ހދ. ކުޅުދުއްފުށީގައި އުރީދޫން ކުރިއަށް ގެންދިޔަ އެވެ. އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ވަނީ އާއިލާއާ އެކު ބޭނުން ކުރެވޭނެ "ކުކީ ކިޓްސް" ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން މިއަދު ހަވީރު އިތުރު ރަށްރަށުގައި ވެސް އުރީދޫގެ ފަރާތުން އީދު ހަދިޔާ ވަނީ ބަހައިފަ އެވެ.

އުރީދޫން ބުނީ މާދަމާ ހަވީރު ވެސް އިތުރު ރަށްރަށުގައި އީދު ހަދިޔާ ބެހުން ކުރިއަށް ދާނެ ކަމަށެވެ.

އުރީދޫން އިސްނަގައިގެން އީދަށް ހިންގާ ހަރަކާތްތަކުގެ އިތުރުން އެކި ރަށްރަށާއި ޖަމިއްޔާތަކުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ކ. ދިއްފުށި، ތ. ކިނބިދޫ، ރ. މާކުރަތުން ބޮޑު އީދު ސައި ބޭއްވުމަށް ވެސް އުރީދޫން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ލ. ގަމުގައި އުލްހިޔާ ކަތިލުމުގެ ހަރަކާތާއި އައްޑޫ އީދު ސަމާ އަދި އެކި ރަށްރަށުގެ އީދު ޝޯތަކަށް ވެސް އުރީދޫން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ މިފަދަ އެކި މުނާސަބަތުތަކާއި ގުޅުވައި އެއްބައިވަންތަކަން ދިރުވައި، ދުވަހުގެ ރޫހު އާލާވާ ފަދަ ހަރަކާތްތަކުގައި އެ ކުންފުނިން ދެވެން ހުރި އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ.