Roadha Mihaaru

އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ

އަވަށްތެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުން ދާތީ، މި ބަންދު ތެރޭގައި ދަތުރުކުރާއިރު ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އަވަށްޓެރި ގައުމުތަކަށް ދާއިރު ސަމާލުވާން އެދިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ޖޫން 2025

އަވަށްތެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުން ދާތީ، މި ބަންދު ތެރޭގައި ދަތުރުކުރާއިރު ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން، ވަކި ގައުމެއްގެ ނަން ހާމަނުކޮށް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ކައިރި ގައުމުތަކަށް ދާއިރު މަދިރި ހެފުމުން ރައްކާތެރިވުމަށް އެދިފަ އެވެ.

ބޮޑު އީދަށް ލިބުނު ފަސް ދުވަހުގެ ބަންދާއެކު ގިނަ ބަޔަކު ދަނީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރަމުންނެވެ.

ޗިކުންގުންޔާއިން ރައްކާތެރިވުމަށް:

- މަދިރި ސްޕްރޭ ބޭނުންކުރުން

- ހަށިގަނޑު ވީހާ ވެސް ބޮޑަށް ނިވާވާ ގޮތަށް ހެދުން ލުން

- މަދިރި ދާ ޖެހުން

- މަދިރި އާލާވާ، ފެން ހަރުލާފައި ހުންނަ ފެން ފަދަ ތަންތަން ނައްތާލުން

- މަދިރި ފަނި ނައްތާލަން ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން

އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާއްމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގަ އެވެ. އެކަމަކު، ހުރިހާ ގަޑިއެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވާން ވަނީ އެދިފަ އެވެ.