24 އެޕްރީލް 2024
މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ފެތުރޭ ވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެ، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ފެތުރޭ ވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެ، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މަހު މާލެ ސަރަހައްދުން އެކަނި 46 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
• ގަދަޔަށް ހުންއައުން
• ބޮލުގައި ރިއްސުން
• ހުޅުހުޅުގައި ރިއްސުން
• ގައިން ބިހިނެގުން
• ވަރުބަލިވުން އިތުރުވުން
• މޭނުބައިކުރުމާއި ހޮޑުލެވުން
• ކާ ހިތްނުވުން ކަހަލަ ކަންތައްތައް
މި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
1. މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުން
2. ދުވާލު ވަގުތު ގެ އާއި ބޭރުގައި އުޅޭއިރު، ހަމުގެ ހާމަކޮށް ހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުގުޅުން
3. ފަތިސް ގަޑި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑި ތަކުގައި ލައްޕާފައި ބެހެއްޓުން
• ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށިޖަހާ ހަރުގަނޑުގެ ޓްރޭފަދަ) މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން
• ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުން
• އާއްމު ތަންތަނަށް ހުސްފުޅި އާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން
• އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނެގޮތަށް ބަންޑުން ޖެހުން، ނުވަތަ މަތިއެޅުން
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ފައިލޭރިއާ: ފަސޭހައިން ނުފެތުރުނަސް ކުރިން އެނގެންޖެހޭ
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ލޮލުރޯގާ އެންމެ ގިނައީ ހދ. ރ. އަދި ލ. ގައި
ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 ކޭސް
ޓެސްޓު ހަދަން ތިން މައިން ކިއޫގައި ތިން ގަޑިއިރު!