މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާތީ، އޭނާގެ މަރު ސާބިތުކުރަން ލ. މާވަށު ކޯޓަށް ހުށަހެޅި އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
27 މެއި 2025
މުދާ އުފުލާ ބޯޓެއްގައި ރޯވި ހާދިސާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާތީ، އޭނާގެ މަރު ސާބިތުކުރަން ލ. މާވަށު ކޯޓަށް ހުށަހެޅި އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ބޯޓުގައި މިދިޔަ މަހު ރޯވި ހާދިސާގައި، ލ. މާވަށަށް އުފަން އެ ޒުވާނާ ފިޔަވައި އެންމެން ވަނީ ސަލާމަތްވެފަ އެވެ. އޭނާ ފެންނާނެ ކަމުގެ އުންމީދެއް ނެތުމުން އާއިލާގެ އެދުމަށް، ޣައިބުގައި ކަށުނަމާދު ކުރަން ކައުންސިލުން ކުރިން އިއުލާނުކުރި ނަމަވެސް ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހެއްގެ މަރާ މެދު ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށް ދިނީ އިލްމުވެރިން ބުނުމުން މުޝްފިގުގެ ބައްޕަ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
މާވަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވޭތޯ ސާފުކުރަން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްއެންޑީއެފަށް ސިޓީ ފޮނުވުމުން، އެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ބުނެފައިވާ ކަމަށެވެ.
"މިގޮތަށް ކަމާބެހޭ ފަރާތްތަކުން އަލީ މުޝްފިގު މުހައްމަދު ޝަރީފު ގެއްލިގެން ހޯދަމުން ދަނިކޮށް، އަލީ މުޝްފިގު މުހައްމަދު ޝަރީފަކީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެނެ އެވެ،" ހުކުމްގައިވެ އެވެ.
އެހެންވެ، އެ މައްސަލަ މިވަގުތު ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން އައި މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެކަމަކު އޭނާ ދަތުރު ކުރަމުންދިޔަ ބޯޓުގައި އަލިފާން ރޯވެ، އެ ބޯޓުން ދަތުރުކުރި 18 މީހުން ވެސް މޫދަށް ފުންމާލިއިރު އޭގެ ތެރޭގައި އުމުރުން 25 އަހަރުގެ އެ ޒުވާނާ ވެސް ހިމެނެ އެވެ.
ކޮއްކޮއާ އެކު މުުޝްފިގު މޫދަށް ފުންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮއްކޮގެ އަތުން އޭނާ ދޫވެ، ގެއްލުނީ އެވެ. މުޝްފިގަށް ފަތާކަށް ނޭނގެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އޭރު އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ކޮށްފަ އެވެ.
މަސްހިފަން މޫދުގައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ
މުޝްފިގު ހޯދާ ކަމަށް ބުނާތީ އަދިވެސް މަރު ސާބިތެއްނުވޭ
ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ ގާޒީގެ ނިންމުމަށް
ގެއްލިގެން ހޯދާ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރަނީ
ގެއްލުނީ ދީނަށް ލޯބިކުރާ ހެޔޮލަފާ ދަރިއެއް
ކަނޑުހުޅުދޫގައި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެެއްޖެ
އަޒްހާންގެ ފޯނު ފެނުނީ ހަށިގަނޑު ކައިރިން: ޕޮލިސް
އަޒްހާންގެ ހަށިގަނޑު ފެނުނުއިރު ހުރީ ކަށިތައް އެކަނި
ޕޯސްޓްމޯޓަމަށްފަހު އަޒްހާންގެ ހަށިގަނޑު ގެނެސްފި
އަޒްހާންގެ ހަށިގަނޑު ފެނުނު ހިސާބުން ކުނިވަސް ދުވި