Roadha Mihaaru

މަސްހިފަން މޫދުގައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ

ލ. ގަން ކައިރީގައި އޮންނަ ފަޅުރަށެެއް ކައިރީގައި މަސްހިފަން މޫދަށް ފައިބައި އުޅެނިކޮށް މިއަދު ހެނދުނު ގެއްލުނު މީހާ ނިޔާވެއްޖެ އެވެ.

މަސްހިފަން މޫދުގައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

04 ޖޫން 2025

ލ. ގަން ކައިރީގައި އޮންނަ ފަޅުރަށެެއް ކައިރީގައި މަސްހިފަން މޫދަށް ފައިބައި އުޅެނިކޮށް މިއަދު ހެނދުނު ގެއްލުނު މީހާ ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވީ އެ ރަށު ތުނޑީ، ފެސްފަރީ، އަބުދުއްސަމަދު މުހައްމަދު (ސަމަދު)، 65 އެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ނިޔާވިކަން ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު"އަށް ދެންމެ ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ފުލުހުން ކުރިން ބުނީ މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ސަމަދު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ.

ގަމު ކައުންސިލުން ބުނި ގޮތުގައި، މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސްހިފަން އޭނާ ދިޔައީ އިތުރު ބަޔަކާ ވެސް އެކުގަ އެވެ.

އޭނާ ފެނުނީ ގަމު ރައްޔިތުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ހަމަ އެ ފަޅުރަށް ކައިރިން މޫދު އަޑިންނެވެ. މޫދު އަޑިން ނެގިއިރު އޭނާ އޮތީ ޑީކޯވެފައި ކަމަށް ބެލެވޭ ކަމަށް ގަމުން ވާހަކަދެއްކި ބައެއް މީހުން ކުރިން ބުންޏެވެ.