ލ. މާވަށުގައި ބޮލަށް ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު، އިތުރު ތަހުލީލު ހެދުމަށް ރޭ މާލެ ގެނެސްފި އެވެ.
ލ. މާވަށުގައި ބޮލަށް ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު، އިތުރު ތަހުލީލު ހެދުމަށް ރޭ މާލެ ގެނެސްފި އެވެ.
މޫސަ، 29، ގެ ހަށިގަނޑު މާލެ ގެނައިކަން ފުލުހުން ކަށަވަރުކޮށްދިނަސް ޕޯސްޓްމޯޓަމް ހަދާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނުބުނެ އެވެ.
ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި، މޫސަގެ ކަރަށް ހަމަލާދިނީ ހެނދުނު 10:10 ހާއިރެވެ. ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް، އެ ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
އޭނާގެ މަރުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ. މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޯޕްސީ ހަދަނީ
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
މަރުވެފައި އޮތީ ނޭޕާލް މީހެއް، ތުހުމަތުކުރެވޭކަމެއް ނެތް
މަރުވެފައި އޮއްވައި ފެނުނީ ބިދޭސީއެއް ކަމަށް ބެލެވޭ
ވޯޓާ ތީމް ޕާކުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ