ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
26 މެއި 2025
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓުގެ މަގާމަށް ވަހީދު އައްޔަން ކުރެއްވީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސްކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދި ޔުނިސެފުގައި ވެސް އިސް މަގާމުތައް ފުރުއްވާފައިވާ ވަހީދު، އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވަހީދު ވަނީ ސަރުކާރަށް ހިދުމަތް ކުރެއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ މަނިކުފާނަށް ހަވާލުކުރެއްވި ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވި އެވެ.
ރައީސް ވަނީ އެ ބައްދަލުވުމުގައި ވަހީދަކީ ވަރަށް ގާބިލް ބޭފުޅެއް ކަމާއި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އޭގެ އިތުރުން އިގުތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮނގުން ކާމިޔާބީ ހާސިލްކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސްގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމަށް ވަހީދު އައްޔަން ކުރެއްވިއިރު، 2023 ގެ ރިޔާސީ އިންތިހާބަށް އޭރުގެ ޕީޕީއެމްގެ ޓިކެޓާ މެދު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަހީދު ވަނީ އެ ހިތްހަމަނުޖެހުމުގެ ތެރޭގައި އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ. ވަހީދު އެ ދުވަސްވަރު ވިދާޅުވެފައި ވަނީ ކޯޓު ހުކުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިނުގަތުމުން އެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ.
ދޮގު ބަޔާންދިން މައްސަލާގައި ދާއޫދު މަގާމުން ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު
ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި އިތުރު ކުންފުންޏެއް
ވޭޕް މަނާކުރުމުގެ ހެޔޮ ނަތީޖާ އެބަ ފެނޭ: ރައީސް
ޑިޖިޓަލް ކުރުމުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވާނެ
ތެލެސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތައް ގަބޫލުކުރަން
ގާނޫނު ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
"މަޑުލު ވަހީދުގެ ހިދުމަތް ފަނޑުވުމެއް ނެތި ހުންނާނެ"