ދިބެހި އަދަބިއްޔާތަށް މަޑުލު މުހައްމަދު ވަހީދު ބައި ގަރުނަށް ވުރެ ގިނަ މުއްދަތަކަށް ކޮށްދެއްވި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމި ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
14 އެޕްރީލް 2025
ދިބެހި އަދަބިއްޔާތަށް މަޑުލު މުހައްމަދު ވަހީދު ބައި ގަރުނަށް ވުރެ ގިނަ މުއްދަތަކަށް ކޮށްދެއްވި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމި ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ މަޑުލު ވަހީދު، 77، ސިއްހީ ހާލަތު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ވަނީ އަވަހާރަވެފަ އެވެ.
އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވަހީދަކީ ރާއްޖޭގެ ފަހުގެ ތާރީހު ދުށް ކުޅަދާނަ ލިޔުންތެރިއެއް ކަމަށެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތުގައި އުޅުއްވި ހިދުމަތްތެރިއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ބަސް ކުރިއަރުވަން ކުރެއްވި ހިދުމަތަށް ސަރުކާރުން ވަނީ، ލިޔުންތެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1985 ވަނަ އަހަރު އޭނާއަށް ދެއްވައިފަ އެވެ. އޭގެ ފަހުން، ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވެސް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވި އެވެ. ނޫސްވެރިކަމުގެ ހިދުމަތަށް އަލިމަސް ގަލަން ލިބިވަޑައިގެންނެވި އެވެ.
"ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ގައުމަށް އެ ކޮށްދެއްވި އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ އެވެ." ރައީސް ވިދާޅުވި އެވެ.
ވަހީދުގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖައްސާފައިވަނީ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާއަށް ޒިޔާރަތްކުރުން 11 އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.
ރިފަރެންޑަމް ބިލް ރައީސް ތަސްދީގު ކުރައްވައިފި
އެޗްއާރުސީއެމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ފަލަސްތީނާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުހަބާ
ސޯބިރު، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
ސޯބިރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
ޓާމިނަލަށް ފައިސާ ހަމަޖައްސައިދިން ފަރާތްތަކަށް ޝުކުރު
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
ޒަކިއްޔާގެ މަރު: އިންސާފު ވާސިލްވާނެ ކަމުގެ ޔަގީންކަން
ފަރުވާއަށް ދާ މީހުންނަށް ދޭ ޑޮލަރު އިތުރުކޮށްދެނީ