ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެ އާއިލާ އާއި އެ ރަށުގެ ބައެއް މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
22 ޖުލައި 2025
ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެ އާއިލާ އާއި އެ ރަށުގެ ބައެއް މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ފަހު ރަށަކަށް ވަޑައިގަތީ ހޮޅުދުއަށެވެ.
އެ ރަށަށް އެ މަނިކުފާނު ފައިބައި ވަޑައިގެންނެވިއިރު ޒަކިއްޔާގެ އާއިލާގެ ބައެއް މީހުންނާއި ރަށުގެ ބައެއް މީހުން ތިބީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލާ ބޯޑުތައް ހިފައިގެންނެވެ.
އެ ވަގުތު، ހޮޅުދޫ، ނިއު ލައިފް، ޒަކިއްޔާގެ އާއިލާގެ މީހުންގެ އެދުމުގެ މަތިން ރައީސް މުއިއްޒު އެ މީހުންނާ ވަކިން ބައްދަލުކުރައްވައި ހުރިހާ ޝަކުވާތައް އަޑުއެއްސެވި ކަމަށް އަރިހުގައި ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު ހޮޅުދު އަށް ވަޑައިގެން ޒަކިއްޔާގެ އާއިލާގެ މީހުންގެ ޝަކުވާތައް އަޑުއައްސަވަނީ.
"ތަހުގީގާ މެދު އެ އާއިލާގެ ހުރި ހިތްހަމަނުޖެހުންތައް ރައީސް އަޑުއެއްސެވި. ފުލުހުން އެންމެ ފުރަތަމަ ދުވަހު އަމަލުކުރި ގޮތުގެ ޝަކުވާތައް ވެސް އެ އާއިލާ އިން ރައީސަށް ދެންނެވި. އެ ހުރިހާ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ވިދާޅުވީ، އިންސާފު ހޯއްދަވައި ދެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް. އާއިލާގެ ވާހަކަތައް ނިމެންދެން އަޑުއެއްސެވި،" އޭނާ ވިދާލުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ނިއު ލައިފް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ. އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައި ވެ އެވެ.
ޒަކިއްޔާ މޫސާ
ރަށުގެ ބައެއް މީހުން ފާހަގަކުރަމުންދާ ގޮތުގައި ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން އެތަނަށް ދިޔަ ފުލުހުން ވަނީ ސީނު ރޫޅާލައިފަ އެވެ. އަދި އެތަނުގެ ފޮޓޯއެއް ވެސް ރަނގަޅަށް ނަގާފައިނުވާ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
ފުލުހުން އެންމެ ފަހުން ބުނެފައި ވަނީ ޒަކިއްޔާ މަރުވެފައިި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަނީ އެއީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވުމުން ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ މީހުންގެ ކަންބޮޑުވުންތައް ބައްލަވަން ހޯމް މިނިސްޓަރު އަލީ އިހުސާނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވެސް ވަނީ މީގެ ކުރިން އެ ރަށަށް ވަޑައިގެންފަ އެވެ.
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރު: ހޮޅުދޫއަށް ފުލުހުންގެ ހާއްސަ ޓީމެއް
ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ބޮޑު ވަޅިއެއް
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
ޒަކިއްޔާގެ މަރު: ދައުވާ ކުރުމާމެދު ޕީޖީއާއެކު މަޝްވަރާ
މާވަށު މަރުގެ ފަހަތުގައި މަސްތުވާތަކެތީގެ ވިޔަފާރި!