ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް މާލެއިން ފުލުހުންގެ ޓީމެއް އެރަށަށް ދާން ފުރައިފި އެވެ.
10 ސެޕްޓެމްބަރ 2024
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް މާލެއިން ފުލުހުންގެ ޓީމެއް އެރަށަށް ދާން ފުރައިފި އެވެ.
ފުލުހުން ބުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ދަނީ ހާއްސަ ތަހުގީގު ޓީމެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިގެން ރިޕޯޓުކޮށްފައި ވަނީ ހެނދުނު 10:00 ހާއިރު ކަމަށެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ އެކަމުގެ ރިޕޯޓު ލިބިގެން އެ މީހާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ބުނި ކަމަށެވެ.
ފުލުހުންގެ ހާއްސަ ތަހުގީގީ ޓީމެއް އެރަށަށް ދަތުރުކުރަމުން ދާއިރު މިވަގުތު ވެސް ރަށުގައި ފޮރެންސިކް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެކަމާ މަރާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެރަށުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށެވެ. އޭރު އޭނާ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށެވެ.
"މަސް ކަނޑަން ގެންގުޅޭ ބޮޑު ވަޅިއެއް ކައިރީގައި އޮތް. ކަރުގައި ވަރަށް ބޮޑަށް ވަޅި އަޅާފައި ހުރީ،" އެ މީހާ ބުންޏެވެ.
ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް ތިބެ އެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވުނަސް އެކަމަށް އެއްވެސް ފަރުވާއެއް ހޯދަމުން އައި ކަމެއް ސާފެއް ނޫނެވެ.
މިދިޔަ އަހަރު އުމްރާގެ އަޅުކަން ވެސް ފުރިހަމަކޮށްފައިވާ ޒަކިއްޔާގެ އާއިލާ އަކީ ރަށުގައި ފުދިގެން އުޅޭ ތަނަވަސް އާއިލާއެއްގެ މީހެއް ކަަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާ މަރުވެފައި އޮތް އިރު ކައިރީގައި ބޮޑު ވަޅިއެއް
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
ޒަކިއްޔާގެ މަރު: ދައުވާ ކުރުމާމެދު ޕީޖީއާއެކު މަޝްވަރާ
ޒަކިއްޔާގެ މަރު: އިންސާފު ވާސިލްވާނެ ކަމުގެ ޔަގީންކަން
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް