Roadha Mihaaru

އޮޅުހިޔާ އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ އެނިމަލް ކެއާ ފެސިލިޓީ (އޮޅުހިޔާ) އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަން ދިރޭތަކެއްޗާބެހޭ މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އޮޅުހިޔާ އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 މެއި 2025

ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ އެނިމަލް ކެއާ ފެސިލިޓީ (އޮޅުހިޔާ) އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަން ދިރޭތަކެއްޗާބެހޭ މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

މިދިޔަ އަންގާރަދުވަހު ކުރި އިއުލާނުގައި ވަނީ އެ މިނިސްޓްރީއާ ގުޅިގެން އެތަން ހިންގައި ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން އެދިފަ އެވެ.

މިނިސްޓްރީން ވަނީ އޮޅުހިޔާއަށް ވެޓިނަރީ އެސިސްޓެންޓެއް ހޯދަން ވެސް އިއުލާން ކޮށްފަ އެވެ.

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން އެ ފެސިލިޓީ ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް އެ ފެސިލިޓީ ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅުހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.

ސިޓީ ކައުންސިލާއި މިނިސްޓްރީގެ ދެބަސްވުންތަކަށް ފަހު، އެ ތަނުގައި ހުރި ތަކެއްޗާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެ ފެސިލިޓީ ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.

މާލެ ސަރަހައްދުގައި އުޅޭ ބުޅަލުގެ އަދަދު ގާތްގަނޑަކަށް 3،000އަށް އަރާނެ ކަމަށް ކައުންސިލުން އޭރު ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނަށް ގެންދިޔައީ، އެންމެ 30 ބުޅަލެވެ.