މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" އަށް ބުޅާތައް ގެންދެވި ހިނގައިގަންނަން ފެށުމުން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
14 މެއި 2025
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" އަށް ބުޅާތައް ގެންދެވި ހިނގައިގަންނަން ފެށުމުން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ހުޅުމާލެ 2 ގައި ހަދާފައިވާ ބުޅާ ފެސިލިޓީއާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ.
އޮޅުހިޔާ އޭގެ ފުލް އޮކިއުޕަންސީގައި ހިންގާނެ އިރު ދާނެ ހަރަދާ ގުޅޭ ގޮތުން ސުވާލުކުރުމުން މާރިޔާ ވިދާޅުވީ، ފެސިލިޓީ ހިނގައިގަތުމަށް ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި އެ ތަނަށް 1.8 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
އަދި، ފެސިލިޓީއަށް ބުޅާތައް ގެނެސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން މަހަކު 368 ރުފިޔާ [ބުޅަލަކަށް] ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވިގޮތުގައި، މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވިއިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. އެކަމަކު، އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅުނު 30 ބުޅަލެއް ވަނީ އޮޅުހިޔާ ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށެވެ. ފެސިލިޓީގެ ކަންކަން ފުރިހަމަ ވުމުން މާލޭ މަގުތަކުގައި އުޅޭ ހުރިހާ ބުޅަލެއް އެ ތަނަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ފެސިލިޓީ ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅުހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ. ސިޓީ ކައުންސިލާއި މިނިސްޓްރީގެ ދެބަސްވުންތަކަށް ފަހު، އެ ތަނުގައި ހުރި ތަކެއްޗާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެ ފެސިލިޓީ ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
އައްޑޫ ރަމްޒުކޮށްދޭ ދޮންދީނި ކާޅާ ހެދި ނެތިހިނގައިދާނެ
ކާޅާއި ވާލާއެކުގައި އުޅެން ދަސްކޮށްދޭންޖެހޭ: މާރިޔާ
"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރުން އިތުރުވަނީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި