ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނި އަޅައިގެން އެ މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ.
21 މެއި 2025
ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފީހުގައި ކަތުރުފަނި އަޅައިގެން އެ މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގެ އޮފީސް ކުރިން ހިންގި ގްރީން ބިލްޑިންގަައި ރޯވެ އަނދައިގެން ދިއުމުން މިހާރު ވަގުތީ ގޮތުން އެ އިދާރާ ހިންގަނީ ދަރުބާރުގޭގަ އެވެ. ދަރުބާރުގޭގައި ހިންގަނީ މިނިސްޓްރީގެ ތިމާވެއްޓާ ބެހޭ ބަޔާއި އެތަނުގެ ދަށުން ހިންގާ އީޕީއޭގެ މަސައްކަތްތަކެވެ.
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީއަށް ފޮނުވި އެ ޕެޓިޝަންގެ ކޮޕީއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެއީ ސައްހަ ޕެޓިޝަނެއްކަން އެ މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މުވައްޒަފުންގެ ފަރާތުން ހުށަހެޅި ޕެޓިޝަންގައި ބުނީ ދަރުބާރުގޭގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ، މަސައްކަތްކުރާ ވަގުތު މުވައްޒަފުންގެ ބޮލަށާއި ގަޔަށް އަދި ގެންގުޅޭ ސާމާނަށް ވެސް ކަތުރުފަނި އަރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ގައިގައި ކަތުރުފަނި ހެފުމުގެ ސަބަބުން އެކި ކަހަލަ އެލާޖީ މައްސަލަތައް ދިމާވަމުންދާ ކަމަށް ވެސް ބުންޏެވެ.
ދަރުބާރުގޭގައި މަސައްކަތްކުރަން ދީފައިވާ ގޮނޑި އާއި މޭޒަކީ އެންމެ އެކަށޭނެ ފެންވަރެއްގައި ހުރި އެއްޗެހި ކަމަށް ނުވާތީ، މުވައްޒަފުންގެ އަތާއި ކޮނޑު އަދި އުނަގަނޑަށް އެކި ކަހަލަ ގެއްލުން ލިބި ފިޒިއޯތެރަޕީ ނަގާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުންޏެވެ.
އެ ޕެޓިޝަންގައި ބަޔާންކޮށްފައިވާ ކަންކަމަކީ މިދިޔަ އަހަރު އެޕްރީލް މަހުގެ ދެވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސީއްހީ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން މަސައްކަތްތެރިންނަށް ދޭންޖެހޭ ހައްގުތަކެއް ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީ ހިންގުން ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލު ކުރުމުން ރައީސް އެތަނަށް ވަޑައިގެން މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިތާ ހަ މަސް ދުވަސްވީއިރު ވެސް މުވައްޒަފުންނަށް ހުރި ދަތިތަކަށް ހައްލެއް ނުލިބޭ ކަމަށް ބުނެ އެ ޕެޓިޝަންގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
"ރައްޔިތުން އެދޭ ކަންކަން ހަމަޖެއްސުމަކީ އިސް ޒިންމާ"
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް
ގައުމިއްޔަތުގެ ޝަރަފުގެ އިނާމު އުތީމު ރައްޔިތުންނަށް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް