Roadha Mihaaru

މިލާން ބަލިކޮށް ބޮލޯނިއާ ބައި ގަރުނަށް ފަހު ތަށްޓެއް ހޯދައިފި

ރޯމް (މެއި 15) - އިޓާލިއަން ކަޕުގެ ފައިނަލުގައި 1-0 އިން އޭސީ މިލާން ބަލިކޮށް ބޮލޯނިއާ އިން 51 އަހަރަށް ފަހު ތައްޓެއް އުފުލާލައިފި އެވެ.

ބޮލޯނިއާ ބައި ގަރުނަށް ފަހު ތަށްޓެއް ހޯދައިފި

ރޯމް (މެއި 15) - އިޓާލިއަން ކަޕުގެ ފައިނަލުގައި 1-0 އިން އޭސީ މިލާން ބަލިކޮށް ބޮލޯނިއާ އިން 51 އަހަރަށް ފަހު ތައްޓެއް އުފުލާލައިފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު، ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓުގައި ޖަހައިދިނީ ބޮލޯނިއާގެ ސްވިޒަލެންޑް ފޯވާޑް ޑޭން އެންޑޯޔޭ އެވެ.

މިއީ 1974 ގައި މި މުބާރާތް ކާމިޔާބު ކުރި ފަހުން ބޮލޯނިއާ ކާމިޔާބު ކުރި ފުރަތަމަ ތަށްޓެވެ. އަދި މިއީ ހަތް ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައިވާ ބޮލޯނިއާގެ ތިން ވަނަ އިޓާލިއަން ކަޕެވެ. މިލާން އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2003 ވަނަ އަހަރެވެ.

މި ނަތީޖާއާ އެކު، ބޮލޯނިއާ އަށް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ޖާގަ ލިބިފަ އެވެ. އެ ޓީމު މިވަގުތު އޮތީ އިޓާލިއަން ލީގުގެ ހަތް ވަނައިގަ އެވެ. އަދި މިލާން އޮތީ އަށް ވަނައިގަ އެވެ.

"އަހަރެން ހަގީގަތުގައި ވެސް ހިޔެއް ނުކުރަން މޮޅު ވެވޭނެއެކޭ، އެކަމަކު އެ ކަން މި ކުރެވުނީ. މިއީ ހަމަ ކުޅުންތެރިންގެ ހިތްވަރު،" ބޮލޯނިއާގެ ކޯޗު ވިސެންޒޯ އިޓާލިއާނޯ ބުންޏެވެ.

އިޓާލިއާނޯ މި އަހަރުގެ ޖޫން މަހު ބޮލޯނިއާއާ ހަވާލު ވުމުގެ ކުރިން ވަނީ 2021 އިން 2024 އަށް ފިއޮރެންޓީނާ ތިން ފައިނަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް ފާއިތުވި ދެ އަހަރުގެ ކޮންފަރެންސް ލީގާއި 2023 ގެ އިޓާލިއަން ކަޕުގެ ފައިނަލުގައި ނާކާމިޔާބުވީ އެވެ.