10 ފެބުރުއަރީ 2022
މިލާން (ފެބްރުއަރީ 10) - އިޓާލިއަން ކަޕް ނުވަތަ ކޮޕާ އިޓާލިއާ މުބާރާތުގެ ސެމީ ފައިނަލުގައި މިލާނަށް ނިސްބަތްވާ އޭސީ މިލާނާއި އިންޓަ މިލާން ވާދަކުރަން ޖެހިއްޖެ އެވެ.
މިލާން (ފެބްރުއަރީ 10) - އިޓާލިއަން ކަޕް ނުވަތަ ކޮޕާ އިޓާލިއާ މުބާރާތުގެ ސެމީ ފައިނަލުގައި މިލާނަށް ނިސްބަތްވާ އޭސީ މިލާނާއި އިންޓަ މިލާން ވާދަކުރަން ޖެހިއްޖެ އެވެ.
އޭސީ މިލާނުން ސެމީގެ ޖާގަ ހޯދީ ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ލާޒިއޯއާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އޭސީ މިލާނުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 24 ވަނަ މިނިޓުގައި އަލޭސިއޯ ރޮމަނޯލީ ފަހަތުން ތިރިތިރިން ދިން ބޯޅަ ހިފައިގެން ރަފައެލް ލިއާއޯ ވަނީ އޭރިއާ ތެރެއަށް ވަދެ ޕެޕޭ ރެއިނާ އަށް އަތުނުވާ ހިސާބުން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގެ ފަހު ފަސް މިނިޓުގައި މިލާނުގެ އިތުރު ދެ ލަނޑު ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ. ލިއާއޯގެ އެހީތެރިކަމާ އެކު އޭނާގެ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ ތިއޯ ހެނާންޑޭޒްގެ އެހީތެރިކަމާ އެކު އެވެ. ފަހު ހާފުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ފްރޭންކް ކެސިއޭ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ދެ ލެގު ކުޅެން ޖެހެ އެވެ. އިންޓަ މިލާނާ ދެކޮޅަށް ފުރަތަމަ ލެގު މާޗު މަހުގެ ފުރަތަމަ ހަފްތާ ކުޅެން ހަމަޖެހިފައި ވާއިރު، ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހު އެވެ.
ޒެކޯ އާއި ސަންޗޭޒް، އިންޓަ އިން ރޯމާ ބަލިކުރި މެޗުގެތެރެއިން.
އިންޓަ މިލާނުން ސެމީގެ ޖާގަ ހޯދީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 2-0 އިން ރޯމާ ބަލިކޮށްފަ އެވެ. އިންޓަ އަށް އެ މެޗުގައި ލަނޑުތައް ޖަހައިދިނީ އެޑިން ޒެކޯ އާއި އަލެކްސިސް ސަންޗޭޒް އެވެ.
އިޓާލިއަން ލީގުގައި އޭސީ މިލާން އެންމެ ފަހުން ކުޅުނީ ވެސް އިންޓަ މިލާނާ ދެކޮޅަށެވެ. އެ މެޗުގައި އިންޓަ އިން ލަނޑު ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ޖިރޫ ޖެހި ދެ ލަނޑާ އެކު އޭސީ މިލާން މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
ކޮޕާ އިޓާލިއާގެ ކުއާޓާ ފައިނަލުގެ ބާކީ ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. މިރޭގެ ފުރަތަމަ މެޗުގައި އެޓަލާންޓާ އާއި ފޮއިރެންޓީނާ ވާދަކުރާއިރު، ދެވަނަ މެޗުގައި ވާދަކުރާނީ ޔުނެވްޓަސް އާއި ސަސުއޯލޯ އެވެ.
އެންމެ ފަހުގެ ކޮޕާ އިޓާލިއާ ޗެމްޕިއަނުންނަކީ ޔުވެންޓަސް އެވެ. ސާދަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޔުވެންޓަސް އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އިންޓަ މިލާނުން ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، އޭސީ މިލާން ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މިލާން ޑާބީ ކާމިޔާބުކޮށް އިންޓަ ފައިނަލަށް ދަތުރުކޮށްފި
އިންޓަ ސެމީ އަށް، އިބްރަހިމޮވިޗަށް ރަތެއް
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
އިންޓަ މިލާނުން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފި
"ނަތީޖާ އަނބުރާލެވޭނެ ފެންވަރު މިލާންގެ އެބަހުރި"
މިލާން ބަލިކޮށް އިންޓަ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ސެމީގައި މިލާން ޑާބީ، ދެ ލެގު ވެސް އެއް ދަނޑެއްގައި
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް