20 އެޕްރީލް 2022
މިލާން (އޭޕްރީލް 20) - އިޓާލިއަން ކަޕް ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އޭސީ މިލާން 3-0 އިން ބަލިކޮށް، އިންޓަ މިލާން މުބާރާތުގެ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
މިލާން (އޭޕްރީލް 20) - އިޓާލިއަން ކަޕް ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އޭސީ މިލާން 3-0 އިން ބަލިކޮށް، އިންޓަ މިލާން މުބާރާތުގެ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
މިދިޔަ ދެ އަހަރު ވެސް ސެމީ ފައިނަލުން ކެޓި އިންޓަ މިލާން އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ކުޅުނީ 2011 ވަނަ އަހަރު އެވެ. އެ އަހަރު އިންޓަ ހަތްވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރީ ސެމީ ފައިނަލުގައި އޭސީ މިލާން ކަޓުވާލާފައި ފައިނަލަށް ދިޔަ ޕަލޭރްމޯ ބަލިކޮށްފަ އެވެ.
އިންޓާ އާއި އޭސީ މިލާން ވާދަކުރި ސެމީ ފައިނަލުގެ ފުރަަތަމަ ލެގް ނިމުނީ ދެ ޓީމަަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ރޭގެ މެޗުގެ ހަތަރުވަނަ މިނިޓުގައި މަޓެއޯ ޑާމިއާން ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ގޯލު މަތީ ކަނަށް ފޮނުވާލައިގެން އިންޓަ އަށް ލީޑު ނަގައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. އަދި ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މާޓިނޭޒް އިންޓަގެ ލީޑު ފުޅާކޮށްދިނީ ޔަކީން ކޮރޭއާ ދިން ބޯޅައެއް އޭސީ މިލާންގެ ގޯލްކީޕަރު މައިކް މައިނަން ބޯ މަތިން ގޯލަށް ފޮނުވާލައިގެންނެވެ.
މާޓިނޭޒްގެ ދެވަނަ ލަނޑު ޖެހުމަށް ފަހު. ރޭގެ މެޗުގައި ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ މި ސީޒަނުގައި އިންޓަ އަށް 19 ލަނޑު ކާމިޔާބު ކޮށްދީފައި.-- ފޮޓޯ: އޭއެފްޕީ
އިންޓަ އިން ލީޑު ފުޅާކުރުމުގެ ކުރިން އޭސީ މިލާނުން ނަތީޖާ އެއްވަރުކުރަން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އޭގެ ބޭނުން އެއްމެ ރަނގަޅު ގޮތުގައި ނުހިފުނެވެ. ރަފައެލް ލެއާއޯ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޯވިޗް ދިފާއުކޮށް، ކޯނަރަކަށް ބޭރު ކޮށްލި އިރު، ކޯނަރުން އައި ބޯޅަ އޭރިއާ ބޭރުގައި ހުރެ އޮލިވިއޭ ޖިރޫ ފޮނުވާލުމުން ވެސް ދިފާއު ކުރީ ހަންޑަނޯވިޗް އެވެ. އަދި ސަންޑްރޯ ޓޮނާލީ ގޯލަށް ފޮނުވާލި ބޯޅައެއް ޖިރޫ ގައިގައި ޖެހުނު އިރު ފްރޭންކް ކެސިއޭ އަށް ލިބުނު ފުރުސަތު ވެސް ބޭނުމެއް ނުކުރެވުނެވެ.
ދެވަނަ ހާފްގައި އޭސީ މިލާންގެ އިސްމާއިލް ބެނެސާ އެ ޓީމަށް ލަނޑެއް ޖަހައިދިނެވެ. ނަމަވެސް އެ ގޯލް ޖެހި ވަގުތު އޮފްސައިޑުގައި ހުރި ޕިއޭރޭ ކަލޫލޫ ގޯލްކީޕަރަށް ހުރަސްއެޅި ކަމަށް ބަލައި ގޯލު ބަލައި ނުގަންނަން ނިންމީ ވީއޭއާރުގެ އެހީގަ އެވެ.
އިންޓަ މިލާނުގެ ތިންވަނަ ލަނޑު 82 ވަނަ މިނިޓުގައި ޖަހައިދިނީ ރޮބިން ގޮސެންސް އެވެ. މިއީ މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން އެޓަލާންޓާ އިން ޖެނުއަރީ ގައި ޓީމާ ގުޅުމަށް، ފަހު ޖަރުމަން ގައުމީ ޓީމަށް ވެސް ވާތްފަޅިން ކުޅޭ ވިންގް ބެކް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މާޓިނޭޒް ދިން ތުރޫ ޕާހެއް ހޯދައި ގޯލު ކުރިމައްޗަށް ހުރަސް ކޮށްގެން މި ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ މާސެލޯ ބްރޯޒޮވިޗް އެވެ.
އިޓާލިއަން ކަޕް ފައިނަލް ކުޅޭނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. ފައިނަލުގައި އިންޓަ ބައްދަލުކުރާނީ ޔުވެންޓަސް ނުވަތަ ފިއޮރެންޓީނާއާ އެވެ. އުވެންޓަސް އާއި ފިއޮރެންޓީނާ ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކުރީ ޔުވެންޓަސް އެވެ. ޔުވެންޓަސްގެ ދަނޑުގައި ދެވަނަ ލެގު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
ކޮޕާ އިޓާލިއާ ސެމީ ފައިނަލުގައި މިލާން ޑާބީއެއް
އިންޓަ ސެމީ އަށް، އިބްރަހިމޮވިޗަށް ރަތެއް
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
އިންޓަ މިލާނުން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފި
"ނަތީޖާ އަނބުރާލެވޭނެ ފެންވަރު މިލާންގެ އެބަހުރި"
މިލާން ބަލިކޮށް އިންޓަ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
ސެމީގައި މިލާން ޑާބީ، ދެ ލެގު ވެސް އެއް ދަނޑެއްގައި
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް