26 މާޗް 2024
މިލާން (މާޗް 26) – ސެން ސީރޯ ސްޓޭޑިއަމްގައި ޔޫރޯ 2032 ގެ މެޗުތައް ނުކުޅެވޭނެ ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރު އަންޑްރެއާ އަބާޑީ ވިދާޅުވެއްޖެ އެވެ.
މިލާން (މާޗް 26) – ސެން ސީރޯ ސްޓޭޑިއަމްގައި ޔޫރޯ 2032 ގެ މެޗުތައް ނުކުޅެވޭނެ ކަމަށް އިޓަލީގެ ސްޕޯޓްސް މިނިސްޓަރު އަންޑްރެއާ އަބާޑީ ވިދާޅުވެއްޖެ އެވެ.
ޔޫރޯ 2032 ގެ މުބާރާތް ބާއްވަނީ އިޓަލީ އާއި ތުރުކީ ގުޅިގެންނެވެ. އިޓަލީގެ އެންމެ ތާރީހީ ސްޓޭޑިއަމް، ސެން ސީރޯގައި މެޗުތައް ކުޅެން ޕްރަޕޯސަލްގައި ހިމަނާފައި އޮތަސް، އެ ސްޓޭޑިއަމްގެ ހާލަތު، ޔޫރޯގެ މެޗުތައް ކުޅޭނެ ފެންވަރަށް ނުފެތޭ ކަމަށް އަބާޑީ ވިދާޅުވި އެވެ.
އޭސީ މިލާނާއި އިންޓަ މިލާނުން ވެސް އަމިއްލަ ދަނޑުގެ ގޮތުގައި ބޭނުން ކުރާ ސްޓޭޑިއަމް ދޫކޮށްލާފައި ސިޓީ ސަރަހައްދުން ބޭރުގައި ވަކި ދެ ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ ވިސްނުން އެ ދެ ކްލަބުން ވެސް ގެންގުޅެ އެވެ.
އެކަމަކު، ސެންސީރޯ މަރާމާތު ކުރުމާ ހަވާލިވި، ވީ ބިލްޑާސްއިން ވަނީ އާ ސްޓޭޑިއަމެއް ހެދުމުގެ ވިސްނުން މަޑުޖައްސާލުމަށް ފަހު ސެންސީރޯ އަލުން މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅެން އެ ދެ ކްލަބަށް ގޮވާލާފަ އެވެ.
ޖެސްޕީ މިއޭޒާ ސްޓޭޑިއަމްގެ ނަމުން އިންޓަގެ ސަޕޯޓަރުން ނަން ދީފައިވާ ސެން ސީރޯގައި ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަ މާހައުލެއް ވެސް ނެތެވެ. އަދި ދަނޑުގެ ވީއައިޕީ ޒޯންގައި ވެސް މެޗު ފުރިހަމަ އަށް ބެލޭނެ ފެންވަރެއް ވެސް ނެތެވެ.
"ކަންކަން މިހާރު އޮތް ގޮތުން 2032 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި މެޗެއް ބާއްވަން ސެން ސީރޯ ހާލަތު ތަނެއް ނުދޭ،" ސްޕޯޓްސް މިނިސްޓަރު އަބާޑީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދި ވަކި ގޮތެއް ނުނިންމަން. ރޯމް އާއި ޓިއުރިން އަދި މިލާން ފަދަ ސިޓީތައް ހިމެނޭނަމަ މުބާރާތާ މެދު ވަރަށް ބޮޑު އިތުބާރަކަށް ވެގެންދާނެ. އެކަމަކު އިންފްރާސްޓްރަކްޗާ އަލުން ތަރައްގީ ކުރަން ބަލާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން (ޔޫއެފާ އަށް) ޖަވާބެއް ދޭން ޖެހޭ."
ވީ ބިލްޑާސްއިން ސެން ސީރޯގެ މިހާރު ހުރި ވަސީލަތްތަކާއި އެތަނުގެ ހާލަތު ސިފަ ކުރީ "މެދު ޒަމާނުގެ" ތަނެއްގެ ގޮތުގަ އެވެ.
އެ ކުންފުނިން ބުނީ، އެ ސްޓޭޑިއަމް އަލުން ތަރައްގީ ކުރާނަމަ ދެ އަހަރުން ކޮންމެ އަހަރަކުން ހަ މަސް ބޭނުން ވާނެ ކަމަށެވެ. އެ މުއްދަތުގައި އެ ދަނޑުގައި މެޗުތައް ކުޅޭނަމަ ބޭނުންވާ ސްޕީޑްގައި މަސައްކަތް ނުގެންދެވޭނެ އެވެ.
އެކަމަކު އެވަރަށް ފުރުސަތު ދީގެން ވެސް ކަނޑައެޅިފައިވާ ވަގުތަށް ޔޫއެފާ އަށް ޔަގީންކަން ނުދެވުމުގެ ބިރު އެބައޮތެވެ.
ލޯނު ނުދެއްކިގެން އިންޓަގެ މިލްކުވެރިކަން ބަދަލު ވެއްޖެ
ސައުދީގެ އާއިލާއަކުން އިންޓަ މިލާން ގަންނަނީ
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ބާރުގަދައީ އިންޓަ، މިލާނަށް ޝޮޓެއް ހެދުނީ ފަހުކޮޅުގައި
ކެންސަރު ބަލީގައި މިހަލޮވިޗް މަރުވެއްޖެ
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
މިލާން ޑާބީގައި ލުކާކޫ އަށް ނުކުޅެވޭނެ: އިންޓަ
މިލާނާއި އިންޓަ އެންމެ ފަހުން ދެ ސްޓޭޑިއަމަކަށް؟
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
ޔޫރޯ ކާމިޔާބުކުރާނެ ގޮތް އިޓަލީއަށް މިހާރު އެނގޭ